ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިރޭ ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފޮރިން މިނިސްޓަރު ޑރ. އަބުދު ﷲ ހަލީލު ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލް ސައުދާއި ސައުދީ ސަރުކާރުގެ އެހެން އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ބައްދަލުވުންތަކުގައި ރާއްޖެ އާއި ސައުދީއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވި އެވެ.
މިއީ ވަޒީރު ކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ހަލީލު ސައުދީއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުކަން ވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު