މާލޭގެ ގެއެއްގެ ވައިގޮޅި ތެރެއަށް ވެއްޓުނު މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ވައިގޮޅި ތެރެއަށް ވެއްޓުނު މީހާ ސަލާމަތް ކޮށްފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ އެހީތެރިކަމާ އެކުގައެވެ. އަދި އެމީހާއަށް އައިޖީއެމް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ މާލެ މައްޗަންގޮޅި ގެއެއްގެ ވައިގޮޅީގެ ތެރޭގައި މީހަކު ވެއްޓި ތާށިވެފައި އޮތް ކަމުގެ މައުލޫމާތު މިއަދު 7:40 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މިހާދިސާގައި އަނިޔާވީ ކޮން އުމުރެއްގެ މީހަކަށް ކަމެއް އަދި އެމީހާއަށް ލިބިފައިވަނީ ކޮން ކަހަލަ އަނިޔާތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން އަންނަނީ އެ ހާދިސާ އާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން