ނަރުސް މޭރީގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ކޯޓަށް ހާޒިރުވާއިރު ފުލުހުންނަށް އެންގުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.
މި މައްސަލާގައި އުފުލާފައިވާ ދަޢުވާތަކަށް ލަމްހާ ވަނީ އިންކާރުކޮށްފައެވެ. އެހެންކަމުން ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ވަނީ 110 ހެކި ހުށައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 74 ޝަފަހީ ހެއްކާއި 36 ކިތާބީ ހެއްކެވެ.
މި މައްސަލަތަކުގައި ދަޢުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ 12 ނޮވެމްބަރު 2024 ވީ އަންގާރަ ދުވަހުއެވެ. ނަމަވެސް އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުލަތުން ވަނީ ލަމްހާ ބަންދުން ދޫކޮށްލުމަށް އިއުތިރާޒް ކުރާކަމަށް ކްރިމިނަލް ކޯޓުގައި ބުނެފައެވެ.
ލަމްހާ ތިން މަހަށް ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި އިތުރު ކުށަކަށް އަރައިނުގަތުމާއި، ކޯޓަށް ހާޒިރުވާން އަމުރެއް ލިބިއްޖެ ނަމަ އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުވުމާއި، މާލޭން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ނުދިއުމާއި، މައްސަލައިގައި ހެކިބަސް ދޭނެ ކަމަށް ގަބޫލުކުރެވޭ ހުރިހާ މީހުންނާ މުއާމަލާތް ނުކުރުމަށާއި ބައްދަލުކޮށްނުހެދުމާއި، އެއްވެސް ހާލަތެއްގައި ގެއިން ބޭރަށް ދާން ޖެހިއްޖެނަމަ ފުލުހުންގެ ހުއްދަ ހޯދުމާއި، ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި ރާއްޖޭން ބޭރަށް ނުދިޔުމެވެ.
ނަރުސް މޭރީގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދަޢުލަތުން ބުނެފައިވަނީ ދައުލަތުން ނަގަން ބޭނުންވި ހެކިބަސްތައް މިހާރު ނެގިފައިވާކަމަށާއި، އެހެންކަމުން ބާކީ ތިބި ހެކިންގެ ހެކިބަސް އިތުރަށް ނަގަން ބޭނުންނުވާ ކަމަށެވެ.
އޭގެފަހުން މިއަދު ކުރިއަށް ދިޔައީ ލަމްހާގެ ބަންދު މުރާޖަޢާ އަޑުއެހުމެވެ. އެގޮތުން ލަމްހާ ބަންދުގައި އިންއިރު ގައިދީންތަކަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލާކަމަށް ބުނެ ދަޢުލަތުންވަނީ އެލިޔެކިޔުންތައް މިއަދު ކޯޓަށް ހުށައަޅާފައެވެ. އޭގެ އިތުރުން ލަމްހާ ކޯޓަށް ހާޒިރުވާން ނުކުންނަ އެއްވެސް ފަހަރަކު ފުލުހުންގެ ހުއްދަ ނުހޯދާ ކަމަށްވެސް ދަޢުލަތުން ކޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން ލަމްހާ ޖަލު ބަންދަށް ބަދަލުކޮށްދިނުމަށް ދަޢުލަތުން ވަނީ އެދިފައެވެ.
މިއަދުގެ އަޑުއެހުމުގައި ލަމްހާގެ ދިފާއީ ވަކީލު ވިދާޅުވީ ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ނިންމައި ޙުކުމަކާ ގާތްވެފައިވާ ކަމަށެވެ. އަދި މީގެ ފަހުން ލަމްހާ ކޯޓަށް ހާޒިރުވާން ޖެހޭ ދުވަހެއްގައި ފުލުހަށް ނޯޓިސް ފޮނުވާނެ ކަމަށާއި ފުލުހުންގެ ފަރާތުން ޖަވާބެއް ނުލިބޭ ހާލަތެއްގައި އެ ދުވަހަކު ހާޒިރުވާން އޮންނަ ކޯޓަކަށްވެސް ކުރިއާލާ އަންގާނެ ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ.
އެހެންކަމުން ޤާޟީ ހުސައިން ފާއިޒު ރަޝާދު މިއަދު ނިންމެވީ ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން ނިންމި ނިންމުން ދެމެހެއްޓެވުމަށެވެ. އޭގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ލަމްހާ ކޯޓަށް ހާޒިރުވާއިރުވެސް ފުލުހުންގެ ހުއްދަ ހޯދުމަށް ޤާޟީ ނިންމެވިއެވެ.
ލަމްހާ ގޭބަންދުގައި ބެއިންދުމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް އެ މައްސަލާގައި ދައުވާލިބޭ މާވިން އަދިވެސް ހުރީ ޖަލު ބަންދުގަ އެވެ.
މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީ ދަންޖެހިގެން މަރުވެފައިވާކަމަށް ބުނެ އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރުކުރީ އެ މަހުގެ 27 ވަނަ ދުވަހުއެެވެ.
އަދި މޭރީގެ މަރުގެ މައްސަލާގައި މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށްބުނާ 24 އަހަރުގެ ލަމްހާ ހައްޔަރުކުރީ 2021 ވަަނަ އަަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ.
ލަމްހާގެ މައްޗަށް ދައުވާ ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުމެވެ. މި ދައުވާ ކޮށްފައިވަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީއާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީއެވެ.
ލަމްހާއަށް ކޮށްފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާ ކޮށްފައިވަނީ ލަމްހާ އުޅުނު ގެ ފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީ އެވެ.
ލަމްހާއަށް ކޮށްފައިވާ ތިން ވަނަ ދައުވާ ކަމަށްވާ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ ވެސް ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާ ކޮށްފައިވަނީ ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ލަމްހާ އުޅޭ ތަނުން ފެނިފައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު