އެއްވެސް ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ އަމަލެއް ބަލައި ނުގަންނާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެކްސްގައި އެމަނިކުފާނުގެ އެކައުންޓުން ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ރައީސް މައުމޫން ވިދާޅުވީ އެއްވެސް ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ އަމަލެއް ބަލައި ނުގަންނާނެ ކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެ ޕޯސްޓެއް ކުރެއްވީ އެމަނިކުފާނު އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ހާމަކޮށްފައިވަނިކޮށެވެ. އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަަދަށް މެންބަރުން ހަމަވެފައިނުވާތީ މިއަދުން ފެށިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލަން ކުރީންވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް އެފަހަރު އެމްއާރްއެމްގެ ފަރާތުން ކޯޓަށް ހުށައެޅި މައްސަލައެއް ބެލުމަށްފަހު ކޯޓުން ވަނީ އިލެކްޝަން ކޮމިޝަންގެ ނިންމުން ބާތިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު