ސަރުކާރުން މިހާރު ފަށާފައިވަނީ ގާނޫނުއަސާސީ ފުނޑާލުމުގެ މަސައްކަތެއްކަމަށް ކުރީގެ ނާއިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މި މަހުގެ 31 ގައި ބާއްވަން ރާވަމުންދާ އެއްވުމާ ގުޅުވައި މިރޭ އެ ޕާޓީން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައިސަލް ނަސީމް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ އިސްލާހެއް ނޫންކަމަށާއި އެއީ ގާނޫނުއަސާސީ ފުނޑާލުމަށް ހިންގި ކަމެއްކަމަށެވެ. އަދި އެހެން އެކަން ކުރުމުން ރައްޔިތުން އިންތިހާބުކުރި މެންބަރުންނަށް މިހާރު ރައްޔިތުންގެ ހައްގުގައި ބަސް ބުނެ ވަކާލާތު ކުރުމުގެ ފުރުސަތު ނެތްކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ގާނޫނުއަސާސީ އެގޮތަށް އިސްލާހުކުރުން އެއީ ގާނޫނުއަސާސީގެ ރޫހާ ހިލާފަށް ކުރެއްވި ކަމެއްކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ގާނޫނުއަސާސީއަށް އެގޮތަށް ގެންނާނީ ކޮން ބަދަލުތަކެއްކަމެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ނަމަވެސް، ގާނޫނުއަސާސީ ފުނޑާލުމުގެ އެފަދަ ނިންމުންތަކެއް ކުރިއަށްއޮތްތަނުގައި ވެސް މި ސަރުކާރުން ކޮށްފާނެކަމަށާއި އެހެންކަމުން އެކަމަށް ރައްޔިތުން ފާރަވެރިވާންޖެހޭކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ސަރުކާރުން ދަނީ ރައްޔިތުންނަށް ދަތިވާނެފަދަ ގިނަ ކަންތައްތަކެއް ކުރަމުން ކަމަށާ ވިޔަފާރިވެރިން ވެސް ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ. އެހެންކަމުން ސަރުކާރަށް އެކަންކަމުގެ އަޑު އިއްވުމަށް އެމްޑީޕީން ބާއްވާ އެއްވުމުގައި ބައިވެރިވުމަށް ފައިސަލްވަނީ ގޮވާލައްވާފައެވެ.
އަދި އެ އެއްވުމުގައި އަތޮޅުތެރޭގެ ރަށްރަށުން ވެސް ރައްޔިތުން މާލެއައިސް ބައިވެރިވުމަށް ފައިސަލްވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު