މި މަހުގެ މިހާތަނަށް ރާއްޖެ އަށް 200،241 ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 180،239 ފަތުރުވެރިންނެވެ.
މިދިޔަ އަހަރާ އެއްގޮތަށް މި އަހަރުވެސް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުންދަނީ ޗައިނާއިންނެވެ. އެގޮތުން އެ ގައުމުން އިއްޔެގެ ނިޔަލަށް 31،388 ފަތުރުވެރިން އައިސްފައިވެ އެވެ.
އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރެއިން ދެވައިނައިގައި އޮތް ރަޝިއާއިން 20،902 ފަތުރުވެރިން، ތިންވަނައަށް އޮތް އިޓަލީ އިން 19،042 ފަތުރުވެރިން، އަދި ހަތަރުވަނައަށް އޮތް އިނގިރޭސިވިލާތުން 17،714 ފަތުރުވެރިން އަދި ފަސްވަނައަށް އޮތް ޖަރުމަންވިލާތުން 11،697 ފަތުރުވެރިން ވަނީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.
މި އަހަރު ފަތުރުވެރިކަމާބެހޭ ވުޒާރާއިން އަމާޒުހިފާފައި ވަނީ ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

ކިޔުންތެރިންގެ ހިޔާލު