އުލިގަމު ޔޮޓް މެރީނާގެ އަމަލީ މަސައްކަތް ހަ މަސް ތެރޭ ފެށޭނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު މިއަދު ވަނީ އުލިގަމަށް ވަޑައިގެންފަ އެވެެ.
އެ ރަށުގައި ރައްޔިތުންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ އުލިގަމަކީ ޔޮޓް ފަހަރުގެ ވަރަށް ވަރުގަދަ މަންޒިލެއްކަން ފާހަގަ ކުރައްވައިފަ އެވެ.
އަދި ޔޮޓް މެރީނާއެއް އެޅުމާ ގުޅޭ ގޮތުން އެމްޕީއެލްއާއެކު އެމްއޯޔޫއެއް އޮތްކަންވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ އުއްމީދަކީ ހުރިހާ މަރުހަލާތަކެއް ކަޑައްތުކުރެވި ފައިނޭންސިން ކަންތައްތަކާ އޭގައި ހުރި ހުރިހާ ޑީޓެއިލް ވޯކްތަކެއް ކުރިއަށް އޮތް މަސްތަކުގައި ނިމިގެންދާނެ ކަމަށް. މިއަދު ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން އެމްޕީއެލްގެ ސީއީއޯ އެ ވާހަކަ ވިދާޅުވެދެއްވި. ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތަަށް ޔޮޓް މެރީނީ ގާއިމުކުރުމުގެ ކަަންތައް ފެށޭނެކަމަށް" ރައީސް ވިދާޅުވި އެވެ.
އެހެންކަމުން އެ މަޝްރޫއު އެގޮތަށް ކުރިއަށް ގެންދޭތޯ ޔަގީންކޮށްދޭނެކަމަށް ރައީސް ވިދާާޅުވި އެވެ.
"ސަރުކާރުން ބޭނުންވަނީ މި ރަށަށް މި ހާއްސަ އިގުތިސޯދީ މަސައްކަތަށް ދާއިމީ ގޮތެއްގައި ފުޅާވެގެންދާނެ ގޮތަށް މެރީނާ ކަންތައް ކުރިއަށް ގެންގޮސް ދިނުމަށް" ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު