ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެމެދު އުފެދުނީ ފައިސާގެ މައްސަލައެއް ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެެ.

ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދަރިކަލުން، އިބްރާހީމް ފައިސަލް ކުއްލި ގޮތަކަށް މަގާމުން ވަނީ ވަކިކޮށްފައެވެ. މިކަމާގުޅިގެން އަބްދުއްރަހީމްވަނީ، އޭނާއާއި ރައީސް މުއިއްޒާ ދެމެދު އޮތް ގުޅުން ރަނގަޅުނޫން ކަމަށް ވިދާޅުވެ ގުޅުން ރަނގަޅު ނަމަ ފައިސަލް މަގާމުން ވަކިނުކުރަށްވާނެ ކަމަށް ވިދާޅުވެފައެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމިން ވިދާޅުވީ ރައީސް ޑރ. މުއިއްޒު އިސްކޮށް ހުންނަވައިގެން ލ. އަތޮޅުން ރަށްތަކެއް ވިއްކައިލާފައިވާ ކަމަށެވެ. އެގޮތުން ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު ޖެހިފައި އޮތީ "ބައިނޭޅުމުގެ" މައްސަލައެއް ކަމަށް ޔާމިން ވިދާޅުވިއެވެ. އަދި އެ މައްސަލަ ޝަރީއަތަށް ނުދާނެ ކަމަށާއި ރައީސް މުއިއްޒު ވަނީ މިހާރު މި މައްސަލަތައް ފުލުހަށް ވެސް ހުށަހަޅުއްވާފައި ކަމަށް ޔާމިން ވިދާޅުވިއެވެ.

"މި ފަހަރު އަބްދުއްރަހީމާ ފައިސަލްގެ ދަށްގޮހޮރުގައި އޮތް އެއްޗަށް ދަންދެން މުއިއްޒު އަތުލާނެ. ދިރުވާލާފައި ގޮހޮރުގެ އެންމެ އަޑީގައި އޮތް އެއްޗަށް ދަންދެން ހިފައި ނަގާނެ. މި އުޅެނީ ބައިނޭޅިގެން އުޅޭ މައްސަލަ ނޫންތޯ،؟" ޔާމިން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން