އެމެރިކާގައި ހިނގި ވައިގެ އެކްސިޑެންޓާއި ގުޅިގެން މަރުވި މީހުންގެ އާއިލާތަަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މި ހާދިސާގައި އެކްސިޑެންޓު ވެފައި ވަނީ އެމެރިކަން އެއާލައިންސްގެ މަތިންދާބޯޓު، ބޮމްބާޑިއަރ ސީއާރްޖޭ 700 އާއި ހެލިކޮޕްޓަރެއް ޖެހިގެންނެވެ. މަތިންދާބޯޓު ޕޮޓޯމެކް ކޯރަށް ވެއްޓިފައިވާއިރު، މި ހާދިސާ ހިނގީ މަތިންދާބޯޓު ވޮޝިންގްޓަން ނެޝަނަލް އެއަރޕޯޓަށް ޖައްސަން އުޅެނިކޮށެވެ.
ވޮޝިންގްޓަން ޑީސީގައި އިއްޔެ ރޭ ހިނގި މި އެކްސިޑެންޓުގައި 67 މީހުން ވަނީ މަރުވެފައެވެ. މިއީ 2001 ވަނަ އަހަރުގެ ފަހުން އެމެރިކާގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ އެކްސިޑެންޓެވެ.
ރޮއިޓާސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގި އިރު މަތިންދާބޯޓުގައި 60 ފަސިންޖަރުންނާއި ހަތަރު ކުރޫ މެމްބަރުން ތިއްބެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ރަޝިއާ، ފިލިޕީންސް އަދި ޖަރުމަނުވިލާތުގެ ރައްޔިތުން ހިމެނެއެވެ. އަދި ކެންސަސް ސްޓޭޓުން ގިނަ ބަޔަކާއި ޒުވާން ސްކޭޓަރުންތަކެއްވެސް މަރުވެފައިވެއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މި ހާދިސާގެ ހަބަރު އެއްސެވީ ހިތާމައާ އެކުގައި ކަަމަށެވެ. އަދި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، ރައްޔިތުންނަަށް އެމަނިކުފާނު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މި ތިބީ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމެރިކާގެ ރައްޔިތުންނާއެކު،" ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު