ރާއްޖޭގެ މިސްކިތްތަކުގައި ފަންޑު ފޮށިތައް ބަހައްޓަން ގަވާއިދެއް ހަދަން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ، އެކި އެކި ޖަމިއްޔާތަކުން މިސްކިތްތަކުގައި ފަންޑުފޮށިތައް ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދަން ހުއްދައަށް އެދުންގިނަވާތީ އާއި، މިސްކިތްތައް ބޭނުންކޮށްގެން ކުރާ މިފަދަ ކަންކަން ރެގިއުލޭޓް ކުރާނެ ޤަވާއިދެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ޝަހީމް ވިދާޅުވީ މިގޮތަށް ހުއްދަދެވޭނީ ހޯދާ ފައިސާ ޚަރަދުކުރާނެ ގޮތުގެ ތަފްސީލު ހުށަހެޅުމުން ކަަަމަށެވެ. އަދި ހުއްދަ ތަކުރާރު ކުރެވޭނީ ހަރަދުކުރިގޮތުގެ ތަފްސީލާއި އޮޑިޓް ރިޕޯޓް ހުށަހެޅުމުން ކަމުގައި ވެސް އުސޫލުގައި ބަޔާންވާނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.
"މި އުސޫލު ހެދިގެންދާނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ތެރެއިން. މިއީ ކޮންމެހެން ކުރަންޖެހިފައިވާކަމެއް،" ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު