މާލޭގައި ރޭ ބިދޭސީއެއްގެ އަތުން ފޭރުނު ދެމީހުން 33،500 ރުފިޔާ ފޭރިގަތް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ފޭރުނު މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ފަވާޒު ކަޅު ތުއްތު، ހ. ރެނދަން، މާލެ އަދި އުމުރުން 36 އަހަރުގެ ސޮފްވާން އަލީ، ލަކީހައުސް، ތ. ތިމަރަފުއްޓެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ގުލާބީމަގުގައި ދެ މީހަކު ވެގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއް އެ އިދާރާ އަށް ރިޕޯޓް ކޮށްފައިވަނީ ރޭ 02:12 ކަށްހާއިރުއެވެެ. އެ ދެ މީހުން 33،500 ރުފިޔާ ފޭރުނު ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ދެމުން މަންޒަރު ދުށް މީހަކު ބުނީ ގުލާބީމަގުގައި ހުންނަ އަލްބިޔާ މާރޓް ކައިރީގައި ބިދޭސީއަކު އަތުން ފޭރިފައިވަނީ ވަޅިން ބިރު ދައްކައިގެން ކަމަށެވެ. މިހާދިސާ ހިނގި ސަރަހައްދުގެ ސީނުން އެ ދެމީހުން ހައްޔަރުކޮށްފައިވާއިރު ފުލުހުންގެ ފޮރެންސިކް ޓީމެއް ސީނަށް އައިސް ބިދޭސީ މީހާ އަށް ބިރު ދައްކަން ގެންގުޅުނު ވަޅި ވެސް ވަނީ ހޯދާފައެެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު