ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ މަންމަ، ޒަމީރާ އުމަރު އަވަހާރަވުމާއި ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ޒަމީރާ އަވަހާރަވުމާއި ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ލޮބުވެތި މަންމާ ޒަމީރާ ޢުމަރު އަވަހާރަވުމުގެ ފުން ހިތާމައިގާ ބައިވެރިވެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނަށާއި ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާ ކަަމަށެވެ.
"މަރްޙޫމާ ޒަމީރާ ޢުމަރަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތާއި އޯގާވަންތަކަމުގައި ތާއަބަދުމެ ލެހެއްޓެވުން އެދި ދުޢާ ކުރަމެވެ. އާމީން." ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ޒަމީރާ އަހުމަދު އަވަހާރަވެފައި ވަނީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އޭނާ އަވަހާރަވެފައި ވަނީ އާލާސްކަންފުޅެއް ޖެހި އައިޖީއެމްއެޗްގައި އަވަސް ފަރުވާދެމުންދަނިކޮށެވެ.
ޒަމީރާ އަހުމަދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުދައިތައެއްވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު