ސަރުކާރުގެ އިސް ތަރުޖަމާން ހީނާ ވަލީދު
ސަރުކާރުގެ އިސް ތަރުޖަމާން ހީނާ ވަލީދު
މިރޭ ސަރުކާރުން ދައްކުވައިދިނީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްޤު ކަށަވަރު ކޮށްދޭނެ ކަމުގެ ފުރިހަމަ ނަމޫނާއެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިރޭ މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާއަށް އިޝާރާތް ކުރައްވައި ހީނާ ވިދާޅުވީ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އެއްބާރުލުމާއެކު އިދިކޮޅުން މިރޭ ބޭއްވި މުޒާހަރާ ކުރިއަށް ގެންދިއުމަށް މި ސަރުކާރުން ފުރުސަތު ދިނުމަކީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދޭ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިހުތިރާމުކުރާނެ ކަމުގެ ފުރިހަމަ މިސާލެއް ކަމަށެވެ.

"މިރޭ ފެނިގެން އެދިޔައީ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފަދަ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތައް މި ވެރިކަމުގައި ނަގަހައްޓައި ދަމަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަން. ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކޮށް ކަށަވަރުކޮށްދިނުން." ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

މަހެއްހާ ދުވަހުގެ ތައްޔާރީ ތަކަށްފަހު އެމްޑީޕީން މިރޭ މާލޭގެ ބައެއް މަގުތަކުގައި ބޭއްވި ހިނގާލުމުގައި އެޕާޓީގެ އިސް ބޭފުޅުންނާ ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން