ކާށި ކިރަކީ އޭގައި ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ ނިއުޓްރިއެންޓުތައަ ހިމެނޭ އެއްޗެކެވެ. އޭގެ ތެރޭގައި ވިޓަމިން ސީ އަދި އީ ފަދަ މާއްދާތައް ހިމެނެއެވެ. މި މާއްދާތަކަކީ ބޮލުގެ އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުކޮށް، އިސްތަށި ފެޅުމުގައި އެހީވެދޭ މާއްދާތަކެކެވެ.
އިސްތަށި ފެޅުން އިތުރު ކުރުމަށް ކާށި ތެޔޮ ބޭނުން ކުރާނެ ގޮތް
މި ބޭނުން ކުރާއިރު އެންމެ ފުރަތަމަ ޖެހޭނީ މަޑުމަޑުން ކާށި ކިރު ބޭނުން ކޮށްގެން ބޮލުގެ ހަންގަނޑު މަސާޖު ކޮށްލަންށެވެ. މިހެން ހެދުމުން އިސްތަށީގެ ފޮލިކަލްތަކުގައި ލޭ ދައުރުވުން ރަނގަޅުވެ އޭގެ ސަބަބުން އިސްތަށި ފެޅުން އިތުރުވެއެވެ.
އެއަށްފަހު ހުރިހާ އިސްތައްޓެެއްގައި ޖެހޭހެން މުޅި އިސްތަށިގަނޑުގައި ކާށި ކިރު އުނގުޅާނީއެވެ. މިހެން ހެދުމުން އިސްތަށިތަކަށް ބޭނުންވާ ނިއުޓްރިއެންޓުތައް އެންމެ ރަނގަޅު ގޮތުގައި ލިބޭނެއެވެ.
މިގޮތަށް ހުރިހާ އިސްތައްޓެއްގައި ކާށި ކިރު އުނގުޅުމަށްފަހު 30 މިނެޓު ވަންދެން ބަހައްޓަން ޖެހޭނެއެވެ. މިގޮތަށް ބެހެއްޓުމުން ހުރިހާ ނިއުޓްރިއެންޓުތަކެއް ރަނގަޅަށް އިސްތަށިތަކުގެ އެންމެ އެތެރެ ފަށަލައަށް ދަމައިގަނެ، އިސްތަށިގަނޑު ހައިޑްރޭޓު ވާނެއެވެ.
އިތުރަށް އިސްތަށިގަނޑު ވަރުގަދަ ކުރަން ބޭނުންވާނަމަ މި ބޭނުން ކުރާއިރު ކާށި ކިރުގެ ތެރެއަށް ކުޑަ މާމުއި ކޮޅެއް އަޅާފައިވެސް ބޭނުން ކުރެވޭނެއެވެ. މިހެން ހެދުމުން އިސްތަށިގަނޑު އިތުރަށް މޮއިސްޗަރައިޒުވާނެއެވެ.
30 މިނެޓު ހަމަވުމުން ތާފެނާފެނުން އިސްތަށިގަނޑުގައި ހުރި ކިރު ދޮވެލުމަށްފަހު، އިސްތަށިގަނޑާ ގުޅޭ ޝޭމްޕޫއަކުން ރަނގަަަޅަށް ދޮވެލާނީއެވެ.
ކޮންމެ ހަފްތާއަކު މިގޮތަށް ކާށި ކިރު ބޭނުން ކޮށްގެން އިސްތަށިގަނޑަށް ޓްރީޓުމެންޓު ދޭނަމަ، އިސްތަށި ފޭބުން ހުއްޓުވައިދީ އިސްތަށީގެ ކޮޅު ހަލާކު ވުމުންވެސް ހުއްޓުވައި ދެއެވެ.
އަދި މި ބޭނުން ކުރަން އާދަކޮށްފިނަމަ ދުވަސްވާ ވަރަކަށް އިސްތަށި ފެޅުން އިތުރުވެ، އިސްތަށިގަނޑު ބޯވެ، އިސްތަށިތައް ވަރުގަދަވާނެއެވެ. އަދި ތިބާ ބޭނުންވާފަދަ ރީތި އިސްތަށިގަނޑެއް ތިބާއަށް ލިބޭނެއެވެ. ވީމާ ރީތި އިސްތަށިގަނޑެއްގެ ވެރިއަކަށް ވާން ބޭނުންނަމަ ކޮންމެ ހަފްތާއަކު މި ޓްރީޓުމެންޓު ނެގުމަކީ ރަނގަޅު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު