ޗައިނާގެ ޓެކް ކުންފުންޏެއް ކަމަށްވާ އަލީ ބާބާއިން ޑީޕްސީކު ވީ3 އަށްވުރެ މޮޅު ކަމަށް ބުނާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެއް ނެރެފިއެވެ.
އަލީ ބާބާއިން ނެރެފައިވާ އޭއައި މޮޑެލް އަކީ އެ ކުންފުނީގެ ގުވެން 2.5 އޭއައި މޮޑެލްގެ އާ ވާޝަން އެކެވެ. އަދި މިއީ ޑީޕްސީކު ވީ3 އަށްވުރެ މޮޅު އޭއައި އެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ގުވެން 2.5 މެކްސް ނެރެފައިވަނީ ޗައިނީޒް ނިއު އިޔާ އާ ދިމާކޮށް މިދިޔަ ބުދަ ދުވަހުއެވެ.
މި އޭއައި ނެރުނުކަން އިއުލާން ކޮށްފައިމިވަނީ ޑީޕްސީކު އާ ވާދަކުރެވޭ ފެންވަރުގެ އޭއައި މޮޑެލް އެއް އުފެެއްދުމަށް ޗައިނާގެ ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކާއި، އަދި އެމެރިކާގެ ކުންފުނިތަކުންވެސް މަސައްކަތް ކުރަމުން ދަނިކޮށެވެ.
އަލީބާބާގެ ކްލައުޑު ޔުނިޓުން އެކުންފުނީގެ ރަސްމީ ވީޗެޓު އެކައުންޓުގައި ބުނެފައިވަނީ އަލަށް ތައާރަފް ކުރި އޭއައި އަކީ މީގެ ކުރިން އުފައްދާފައިވާ އެންމެ މޮޅު އޭއައި މޮޑެލްތަކަށްވުރެންވެސް ފެންވަރު ރަނގަޅު މޮޑެލް އެއް ކަމަށެވެ. އެގޮތުން ޗެޓް ޖީޕީޓީ 4އޯ، ޑީޕްސީކު ވީ3 އަދި ލާމާ 3.1-405ބީ އަށްވުރެންވެސް މި އޭއައިގެ ފެންވަރު ރަނގަޅު ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން މި އޭއައި އަކީ ޗައިނާ ބަހުން ފެށިގެން އިނގިރޭސި ބަހާ ހަމައަށް އެކި ބަސްތަކުގައި މަސައްކަތްކުރެވޭ މޮޑެލްއެއް ކަމަށާއި އެ މޮޑެލްއަކީ ޓެކްސްޓް އުފެއްދުމާއި، ކޯޑިންގ އަދި ރީޒަނިންގ ފަދަ ކަންކަމުގައި އެހީތެރިވެދޭ މޮޑެލްއެއް ކަމަށް އަލީ ބާބާއިން ވަނީ ބުނެފައެވެ.
ޑީޕްސީކުގެ މޮޑެލްތައް ކާމިޔާބުވުމުގެ ސަބަބުން ގިނަ ޓެކް ކުންފުނިތަކަށް އޮތް ޕްރެޝަރު ބޮޑުވެ، އެއާ އެއްފަދަ އޭއައި ތަކެއް އުފެއްދުމަށް ނުވަތަ އަޕްގްރޭޑު ކުރުމަށް މަސައްކަތް ކުރަން ފެށި ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އެގޮތުން މީގެ ތެރޭގައި ޗައިނާގެ ޓެކް ކުންފުނިތަކުގެ އިތުރުން އެމެރިކާގެ ޓެކް ކުންފުނިތަކުންވެސް ހިމެނެއެވެ.
ޗައިނާގެ ސަރުކާރުން މިދިޔަ އަހަރުގެ ޖުލައި މަހު އޭއައި މޮޑެލްތައް ރެގިއުލޭޓްކުރުމަށް ޤަވާޢިދުތަކެއް ތަޢާރަފުކުރި ފަހުން، ގިނަ ކުންފުނިތަކުން ވަނީ އެ ކުންފުނިތަކުގެ އަމިއްލަ އޭއައި މޮޑެލްތައް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު