ސުލްހަވެރިިކަމާއެކު ޚިޔާލުފާޅުކުރުމަކީ އަބަދުވެސް ތާއީދު ކުރައްވާ ކަމެއް ކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒައިދު ވިދާޅުވީ މަގުމަތިން ވެރިކަން ވައްޓާލުމަކީ އެއްވެސް އިރެއްގައި ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި ސުލްހަވެރިިކަމާއި އެކު ޚިޔާލުފާޅުކުރުމަކީ އަބަދުވެސް ތާއީދު ކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޒައިދު ވިދާޅުވީ މަގުމަތިން ވެރިކަން ވައްޓާލުމަށް ތާއީދު ނުކުރައްވާ ކަމަށާއި އަދި އެކަމަށް ދެކޮޅު ހައްދަވާ ކަމަށެވެ. އެއީ އޭގެ ސަބަބުން ބޮޑުވެގެންވާ ފިތުނައެއް އުފެދޭނެ ކަމެއް ކަމަށާއި އެކަން އެންމެ ބޭފުޅުންނަށްވެސް އެނގޭނެ ކަމަށެވެ.

މި ޕޯސްޓަކީ ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި ރެލީއާއި ގުޅިގެން ޒައިދު ކުރެއްވި ޕޯސްޓެއްކަން ފާހަގަ ކުރެވެއެވެ. މި ރެލީގައި ރައީސް ޑރ މުއިއްޒު އިސްތިއުފާއަށް ވަނީ ގޮވާލާފައެވެ.

ރޭގެ ރެލީގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވީ، ރޭ ފެނިގެން އެ ދިޔައީ ހަގީގީ ޑިމޮކްރަސީ ކަމަށެވެ. އަދި އެއްވެ އުޅުމުގެ މިނިވަންކަން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ މިންވަރު ރޭ ފެނިގެން ދިޔަ ކަމަށްވެސް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން