ދިވެހި އުފެއްދުންތެރިންނަށް އައު ބާޒާރުތައް ހޯދައިދޭނެ ކަމަށް އިކޮންމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ މިއަހަރު ވެގެންދާނީ ކުދި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ އަހަރަކަށްކަމަށެވެ. އަދި އެ ފަރާތްތަކުގެ އުފެއްދުންތައް ޤާނޫނުގެ ތެރެއިން ރައްކާތެރިކުރެވޭނެ ގޮތްތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
އެގޮތުން ޓްރޭޑްމާރކްލުމާއި ބްރޭންޑް ރައްކާތެރިކުރުން އަދި ވިޔަފާރި ކުރާ ފަރާތްތަކަށް ޔަޤީންކަން ދިނުމުގެ ގޮތުން ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެެ. އަދި އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް މިއަހަރުގެ ތެރޭގައި މީގެކުރިން ފަހި ނުވެ އޮތް ފުރުސަތުތައް ފަހިވާނެ ކަމަަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވަނީ މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ޒަމާނީ ވަސީލަތްތަކާއި ބައިތައް ހިމެނޭހެން އެކްސްޕޯއެއްގެ ސިފައިގައި ރާއްޖޭގައި ބޭއްވޭ ފުރަތަމަ މައުރަޒުކަން ފާހަގަކުރަށްވާފައެެވެ. މިނިސްޓަރު ސަޢީދު ވިދާޅުވީ ދިވެހި އުފެއްދުންތެރިންނަށް އައު ބާޒާރުތައް ހޯދައިދީ އާ ޚިޔާލުތައް ތަރައްޤީކުރުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން މި މައުރަޒުގައި ބައިނަލްއަޤްވާމީ ވިޔަފާރިތަކާއި އިންވެސްޓަރުންގެ އިތުރުން ކުރިއަރާފައިވާ ޤައުމުތަކުގެ އީޖާދީ މަސައްކަތްތައް ދައްކާލެވޭނެކަމަށެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ލަފައާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން ކުރިއަށްގެންދާ މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ކިޔުންތެރިންގެ ހިޔާލު