ސަރުކާރުން ދައްކާ ކޮންމެ ތަނެއްގައިވެސް ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދާނެ ކަމަށް އެ ކޯޓުން މިއަދު ހާމަކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިހެން ބުނެފައި މިވަނީ ކޯޓުތަކަށް ހުށައަޅާ މައްސަލަތައް ނުނިމި ދިގުލައިގެންދާ މައްސަލަ ޙައްލު ކުރުމަށްޓަކައި ސްކޫލްތަކުގެ ކްލާސްރޫމް ތަކުގައިވެސް ޝަރީޢަތްތައް ކުރިއަށް ގެންދެވިދާނެ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ޕީޖީ އޮފީހުން ބޭއްވި ބަންދު ފޯރަމްގައި ވަޒީރު އިޙްސާން ވިދާޅުވީ ކަމެއް އަވަހަށް ކުރުމަށް ބޭނުންވާ މީހުން ކަންކުރެވޭނެ ގޮތް ހޯދާނެ ކަމަށާއި އެގޮތުން ޝަރީޢަތްތައް ލަސްވާ ސަބަބު ޙައްލު ކުރަން ބޭނުންނަމަ އެކަންވެސް ކުރެވޭނެ ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅާ ގުޅިގެން ކްރިމިނަލް ކޯޓާއި ޙަވާލާދީ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި މިއަދު ބުނެފައިވަނީ ކަމާގުޅުން ހުރި އިދާރާތަކުން ކަނޑައަޅާ ކޮންމެ ތަނެއްގައި ވެސް ކްރިމިނަލް ކޯޓުން ޝަރީއަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން މިހެން ބުނެފައިވާއިރު އެސްޓީއޯ ކުރީގެ ބިލްޑިން ހިންގި ޢިމާރާތުގައި ކްރިމިނަލް ކޯޓު ހިންގަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި އެއިމާރާތް ވަރަށްބޮޑަށް ބާވެފައިވާތީ މީގެ ކުރިން ވެސް ވިއްސާރައިގެ އަސަރުކޮށްގެން ކޯޓުގެ މައްސަލަތައް މަޑުޖައްސާލަން ޖެހިފައިވެއެވެ.
ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ، ބޭނުން ނުކުރެވޭވަރު ވުމުން، އެއިމާރާތުގެ ބޮޑުބައި ބޭނުންކުރުން 2023 ވަނަ އަހަރު ވަނީ ހުއްޓާލާފައެވެ. އޭގެ އިތުރުން ހުޅުމާލޭގައި ސިވިލް ކޯޓު ކުރިން ހިންގި އިމާރާތުން ބައެއްގައި މިހާރު ކްރިމިނަލް ކޯޓުގެ ބައެއް ސެކްޝަންތައް ހިންގައެވެ.

ކިޔުންތެރިންގެ ހިޔާލު