ރައްޔިތުންގެ މަޖިލީހުން ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައެޅޭ ގޮތަށް ހަދަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައްވައިފި އެވެ.
ރާއްޖޭގެ ނޫހެއްގައި ފައްޔާޒް ލިޔުއްވި ކޮލަމެއްގައި ވިދާޅުވީ އެއިރަކު އޮންނަ ސަރުކާރަކަށް ފެނުނު އަދަދަކަށް ސިޔާސީ މަގާމު އުފެއްދޭ ގޮތަށް އޮންނަ އޮތުމަށް ބަދަލު އަންނަން ޖެހޭ ކަމަށެވެ.
އެގޮތުން ގާނޫނުއަސާސީގެ 115 ވަނަ މާއްދާއަށް ތަފުސީލެއް އިތުރުކުރެވި، ސިޔާސީ މަގާމުތައް އުފެއްދުމަށް ރައީސަށް އޮންނަ ބާރަށް ގައިދެއް އިތުރުކުރެވޭ ގޮތަށް ހަދަން ފައްޔާޒް ގޮވާލެއްވި އެވެ. އަދި މިނިސްޓްރީތައް އުފައްދާއިރު، އެ މިނިސްޓްރީ ހިންގުމަށް ބޭނުންވާނޭ މުވައްޒަފުންގެ އަދަދާއި، އެ ވުޒާރާއަކަށް އައްޔަނުކުރާނޭ ސިޔާސީ މުވައްޒަފުންގެ އަދަދުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ލާޒިމުކުރެވިދާނެކަމަށް އޭނާ ވިދާޅުވި އެވެ،
އެފައިން ހެދުމުން މިނިސްޓްރީއަށް ބޭނުންވާކަމަށް ރައީސް ވިދާޅުވާ ސިޔާސީ މުވައްޒަފުންގެ އަދަދަކީ އެކަށީގެންވާ އަދަދެއް ނޫންނަމަ، އެ އަދަދު ކުޑަކުރުމުގެ ބާރު މަޖިލީހަށް އޮންނާނެކަން ފައްޔާޒް ފާހަގަކުރެއްވި އވެެ.
"ސަރުކާރުން އައްޔަނުކުރާ ސިޔާސީ މުވައްޒަފުންގެ އަދަދާމެދު މަޖިލީހުގައި ބަހުސްކުރާތަންވެސް އާންމުންނަށް ފެންނާނެއެވެ. މިހާރު އަޅުގަނޑުމެން މިއުޅެނީ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގިގެންނެވެ. ލަފާކުރެވޭ ގޮތުގައި އެ އަދަދު މިހާރު ތިންހާހަށް އަރާނެއެވެ." ފައްޔާޒް ވިދާޅުވި އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު މަޖިލީހުން ފާސްކުރަން ފައްޔާޒް ގޮވާލެއްވި އިރު ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ސިޔާސީ މަގާމުތައް އިތުރުކަމަށް ބުނެ ފާޑުކިއުންތައް އޮތީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު