އަގުހުރި ފައިސާގެ އިނާމުތަކެއް ލިބޭ ގޮތަށް ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ހާއްސަކޮށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ޓިކްޓޮކް ޗެލެންޖެއް ފަށައިފިއެވެ.

މި އަހަރުގެ މެއި މަހު ބާއްވާ މި ޗެލެންޖް ފަށާފައިވަނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 އިފްތިތާހް ކުރުމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މި ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ބުނީ ޗެލެންޖުގައި ބައިވެރިކުރާ ވީޑިއޯތަކަކީ ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދޭ އަދި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 އިޝްތިހާރުކޮށް މައުރަޒަށް ޒިޔާރަތްކުރުމަށް ބާރުއަޅާ ވީޑިއޯއަށް ވާން ޖެހޭނެ ކަމަށެވެ.

ޗެލެންޖު ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ އޭޕްރިލް މަހުގެ ނިޔަލަށެވެ. އަދި ކުރިއަށް އޮތް ތިން މަސްދުވަހު، ކޮންމެ މަހަކު އެއްވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޗެލެންޖުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ބެލުމަށްފަހު ހޮވޭ ފަރާތަކަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި 15،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބީސީސީން ބުނީ މި ޗެލެންޖުގައި އިނާމް ލިބޭ ފަރާތްތައް ކަނޑައަޅާނީ އުފެއްދުންތެރިކަމަށާއި އަމިއްލަވަންތަކަން އަދި ކޮންޓެންޓަށާއި އެންމެ ގިނަ ލައިކް އަދި ޝެއަރ ލިބޭ ފަރާތްތައް ބެލުމަށްފަހުގައި ކަމަށެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި މައުރަޒަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބާއްވާ ހާއްސަ މައުރަޒެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން