ސިވިލްއޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހިއްސާކުރުމަށް ރައީސަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ޕެޓިޝަން ހުށަހެޅުމަށް އެ އޮތޯރިޓީގެ ގިނަ މުވައްޒަފުންތަކެއްވަނީ މިއަދު ރައީސް އޮފީހަށް ގޮސްފައެވެ.
މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެ އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުގެނެސް މުވައްޒަފުންލައްވާ އެ ބަދަލުގެނައިކަމަށް ސޮއިކޮށްފައި ވީނަމަވެސް އެ ބަދަލާ އެއްގޮތަށް ޖެނުއަރީ މަހުގެ މުސާރަ ދީފައި ނުވާތީ އެމައްސަލައެވެ.
އެ މުވައްޒަފުން ބައެއް މީޑިއާތަކަށް ބުނެފައިވާގޮތުގައި، އާ އޮނިގަނޑާ އެއްގޮތަށް މުސާރަ ދީފައި ނުވާކަމަށް އޮތޯރިޓީން ބުނަނީ، ސަރުކާރުގެ އިދާރާތަކުން އެކަމަށް ލިބެންޖެހޭ ހުއްދަތައް ނުލިބޭތީކަމަށް ބުނެކަމަށެވެ.
ޕެޓިޝަން ހުށަހެޅުމަށް ރައީސް އޮފީހުގެ ބޭރުގައި ތިބެ މުވައްޒަފުން ބުނީ، އެ މުވައްޒަފުން މި މައްސަލަ ރައީސަށް ހުށަހެޅުމުގެ ބޭނުމަކީ، އާ އޮނިގަނޑާއެއްގޮތަށް ވަޒީފާގެ އެއްބަސްވުންތައް ވެސް ހެދުމަށްފަހު މުސާރަ އެގޮތަށް ނުދިނުމަކީ ސިވިލްއޭވިއޭޝަން އޮތޯރިޓީފަދަ މުހިންމު ޒިންމާއެއް އަދާކުރާ އިދާރާއެއްކަމަށްވާއިރު ރައީސްގެ ސަމާލުކަމަށް އެކަން ގެންނަންޖެހޭނެކަމެއްކަމަށް އެ މުވައްޒަފުންނަށް ފެންނާތީކަމަށެވެ.
އެހެންކަމުން ރައީސާ ބައްދަލުކުރަން އެޕޮއިންޓްމަންޓަކަށް ވެސް އެދިފައިވާނެ ކަމަށް އެ މުވައްޒަފުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު