މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރުގެ އިދާރާތަކަށް މައުލޫމާތު ހޯދަން ހުށަހަޅާ މިންވަރު އަންގައިދޭ ރިޕޯޓު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ އިދާރާތަކުގެ 40 އިންސައްތަކަމަށް އެ އޮފީހުން ބުނެފިއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތަށް އެދުނު މިންވަރާ އެ އިދާރާއަކުން އެ މައުލޫމާތެއް ދޫކުރުމާމެދު އަމަލުކުރިގޮތް އެނގޭގޮތަށް ސަރުކާރުގެ ކޮންމެ އިދާރާއަކުން ވެސް ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން އައިކޮމްއަށް ރިޕޯޓެއް ހުށަހަޅަން އެ ގާނޫނުގައި ބުނެފައި އޮވެއެވެ.
ނަމަވެސް ގިނަ އިދާރާތަކަކުން އެ ރިޕޯޓު އައިކޮމްއަށް ހުށަހަނާޅާކަން ހާމަކޮށް އެކްސްގައި އެ އިދާރާއިން ބުނެފައިވަނީ، އަހަރީ ރިޕޯޓް ފޮނުވަން ޖެހޭ މުއްދަތު ހަމަވިއިރު އެ ރިޕޯޓް ފޮނުވާފައިވަނީ އެންމެ 383 އިދާރާއިން ކަމަށެވެ.
އަދި އެއީ ޖުމްލަ އިދާރާތަކުގެ އެންމެ 40 ޕަސެންޓު ކަމަށްވެސް އައިކޮމް އިން ބުނެފައިވެއެވެ.
އައިކޮމްއިން ބުނީ، އަހަރީ ރިޕޯޓް ހުށަނާޅާ އިދާރާތަކުގެ ތެރޭގައި ރައީސް އޮފީހުގެ އިތުރުން، ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމަންޓް މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަދި ކޮންސްޓްރަކްޝަންސް އެންޑް ހައުސިން މިނިސްޓްރީ ހިމެނޭކަމަށެވެ.

ސުންގަޑި ހަމަވިއިރު ރިޕޯޓް ހުށަނާޅާ ސަރުކާރުގެ މައި އިދާރާތަކުގެ ތެރޭގައި @presidencymv އަދި 4 މިނިސްޓްރީއެއް ހިމެނޭ. އެއީ @MoCImv ,@MoHEmv ,@MoSFR_mv އަދި@MSFDmv.
— Information Commissioner's Office - Maldives (@icom_mv) February 2, 2025
ސަރުކާރުގެ މައި އިދާރާތަކުގެ ގޮތުގައި މިބަލަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީތައް. pic.twitter.com/irKoH8i2xX
އަދި އެއީ ޖުމްލަ އިދާރާތަކުގެ އެންމެ 40 ޕަސެންޓު ކަމަށްވެސް އައިކޮމް އިން ބުނެފައިވެއެވެ.
އައިކޮމްއިން ބުނީ، އަހަރީ ރިޕޯޓް ހުށަނާޅާ އިދާރާތަކުގެ ތެރޭގައި ރައީސް އޮފީހުގެ އިތުރުން، ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމަންޓް މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަދި ކޮންސްޓްރަކްޝަންސް އެންޑް ހައުސިން މިނިސްޓްރީ ހިމެނޭކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު