މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ކަމުން މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑުން މިރޭ ބުނީ ‏މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމުން، ދަފްތަރު ނަންބަރު ރސ 4589، މުޙައްމަދު ވަޖީހު އިބްރާހީމް، މިއަދު ވަކި ކޮށްފައިވާ ކަމަށެވެ.

ވަޖީހު މަގާމުން ވަކި ކުރި ސަބަބެއް ޕީސީބީއިން ހާމައެއް ނުކުރެއެެވެ.

އެމްޕީއެލްގެ ސީއީއޯގެ މަޤާމަށް ވަޖީހު އައްޔަންކޮށްފައިވަނީ 2023 ނޮވެމްބަރު 28 ވަނަ ދުވަހުއެވެ.

އެމްޕީއެެލްގެ ސީއީއޯ ވަޖީހު މަގާމުން ވަކިކޮށްފައިވާއިރު ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ފައިސަލް މަގާމުން ވަކި ކުރުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޓުއަރިޒަމް މިނިސްޓްރީ، ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ އެއްކޮށްލައި އެ ވުޒާރާގެ ވަޒީރަކަށް ތޯރިގް އިބްރާހިމް އައްޔަން ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން