ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން ދަމަހައްޓައި، އިޒްރޭލުގެ ހަމަލާތަކުން ސުންނާފަތިވެފައި އޮތް ޣައްޒާ އަލުން ބިނާކުރުމަށް، އަރަބި ގައުމުތަކުން އިސްނެގުމުން، ދިވެހި ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
ފަލަސްތީނުގެ ހާލަތާ ގުޅިގެން މިސްރާއި، ޖޯޑަން އާއި، ސައުދީ އަރަބިއްޔާއާއި، ގަތަރާއި، ޔޫއޭއީގެ އިތުރުން ފަލަސްތީނުގެ ހާރިޖީ ވަޒީރުން ވަނީ މިސްރުގައި ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމުގައި ގިނަ ނިންމުންތަކެއް ނިންމިއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން ދެމެހެއްޓުމާއި، ފަލަސްތީނުގައި ދާއިމީކޮށް ސުލްހަ ގާއިމުކުރުމާއި، ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމާއި، ޣައްޒާއަށް އެހީ ވެއްދުމާއި، ސުންނާފަތިވެފައިވާ ސަރަހައްދުތައް އަލުން ބިނާކުރުން ފަދަ ކަންކަމެވެ.
އެ ބައްދަލުވުމުގައި ނިންމި ނިންމުންތަކަށް މަރުހަބާ ކިޔައި، ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ޣައްޒާގައި ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ކުރަމުންގެންދާ އެންމެހާ މަސައްކަތްތަކަށް ރާއްޖޭން ތާއީދުކޮށް، އެ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި ޣައްޒާގެ ހާލުގައި ޖެހިފައިވާ ހުރިހާ ސަރަހައްދަކަށް ލަސްނުކޮށް، އެއްވެސް ހުރަހަކާ ނުލައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަލުވިކަމާއެކު އެޅުން މުހިންމުކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ޣައްޒާގެ ސުންނާފަތިވެފައިވާ ސަރަހައްދުތައް އަލުން ބިނާކުރަން މަޝްވަރާ ކުރުމަށް ބައިނަލްއަގުވާމީ ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
ފޮރިން މިނިސްްޓްރީގެ ބަޔާނުގައި ބުނީ ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ 1967ގެ ކުރިން ކަނޑައެޅިފައިއޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު