ހުޅުމާލޭގައި ބާއްވަން އުޅުނު ޕޮންގަލް ފެސްޓިވަލް ނުބޭއްވޭނެ ކަމަށާއި އެ ފެސްޓިވަލް ބާއްވާނަމަ އެ ކަން ހުއްޓުވާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މި ހިނގާ ފެބްރުއަރީ 7 ވަނަ ދުވަހު ”ޕޮންގަލް 2025“ ނަމުގައި ބޭއްވުމަށް ރާވަމުންދިޔަ ފެސްޓިވަލް ނުބޭއްވޭނެކަމަށް އެ ފެސްޓިވަލް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމާބެހޭ އިދާރާތަކުން އަންގާފައިވާނެކަމަށެވެ. އަދި އެ ފެސްޓިވަލް މިހާރު ކެންސަލް ކޮށްފައިވާކަމަށް އިންތިޒާމު ކުރާ ފަރާތާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން މިފަދަ ހަރަކާތްތައް ހިންގާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުން އެކަން ހުއްޓުވާނެ ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ.
"ޕޮންގަލް" އަކީ ހިންދޫ ދީނުގެ އީދެކެެވެ. ޕޮންގަލްއަކީ ދަނޑުވެރިކަމުގައި ވަށައިގެންވާ ގުދުރަތީ ތަކެއްޗަށް ޝުކުރު އަދާކުރުމުގެ ގޮތުން ހިންދޫން ފާހަގަ ކުރާ އީދެއް ކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު