ރައީސް ޑރ. މުހައްމަދު އިސްތިއުފާ ދެއްވައި ވެރިކަން ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފާ ހަވާލުކުރަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގޮވާލައްވައިފި އެވެ.
ރާއްޖޭގެ މީޑިއާއަކަށް ރޭ ދެއްވި އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވީ މިހާރު ފެންނަމުންދަނީ ރައްޔިތުންގެ ހައްގުތަކެއް މި ސަރުކާރުން ނިގުޅައިގަންނަމުންދާ މަންޒަރު ކަމަށެވެ.
އެގޮތުން މަޖިލިސް ތަޅުއަލުވައިގެން ކުރާ ކަންތައްތަކާއި އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ކުރާ ކަންތައްތައް ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ އެކަންކަމާ ދެކޮޅަށް އިހުތިޖާޖުކުރައްވާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ މަސައްކަތް ކުރަނީ ނިޒާމުގެ ތެރެއިން ސަރުކާރުގެ އަމަލުތައް ބަދަލުކުރަން މަސައްކަތް ކުރަން ކަމަށާއި އަދި އެކަން ނުކުރެވޭނަމަ ސަރުކާރު ބަދަލުކުރަން ވެސް މަސައްކަތް ފެށިދާނެކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑު ދެކޭ ގޮތުގައި ރައީސް މުއިއްޒު މިހާރު އިސްތިއުފާ ދެއްވަންޖެހޭ. މުޅި ގައުމު ފުނޑުފުނޑު ވެއްޖެ. ނައިބު ރައީސާ ވެރިކަން ހަވާލުކުރައްވަން އެބަޖެހޭ އަސްލު މިހާރު. އެހާ ހިސާބަށް ރައްޔިތުންގެ ހާލަތު މިދަނީ." ފައްޔާޒު ވިދާޅުވި އެވެ.
އަދި ރައްޔިތުން ބަނޑުހައިހޫނުކަމަށް ވެއްޓި މަގުމަތި ފުރާލައިގެން ވެެރިކަން ވެއްޓުމަކީ އެދޭކަމެއް ނޫން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު