އީސްޓަރ ހަމަލާތަކުގެ އަސްލު ކުށްވެރިން ހިމާޔަތް ކުރާ ކަމުގެ ތުހުމަތުތަކެއް ލަންކާގަ ސަރުކާރަށް ރައްދުވާގޮތަށް އެގައުމުގެ ޕިވިތުރު ހެލާ އުރުމަޔާ (ޕީއެޗްޔޫ) ގެ ލީޑަރު އުދަޔާ ގަމަންޕިލާ ކޮށްފިއެވެ.
އެގޮތުން އޭނާ ބުނެފައިވަނީ އާ ސަރުކާރު ވެރިކަމަށް އައީ މި ހަމަލާގެ އަސްލު ކުށްވެރިންނަށް ހައްގު އަދަބު ދޭނެ ކަމަށް ވައުދުތަކެއް ކޮށްފައި ކަމަށާއި، ނަމަވެސް މިހާރު އެކަން އޮއްބައި އެހެން ބައެއްގެ ބޮލުގައި އެކަން އަޅުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ގަމަންޕިލާ ބުނީ އީސްޓަރ ޙަމަލާތަކާ ގުޅިގެން ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ހައްޔަރުކުރުމަށް މިހާރުގެ ސަރުކާރުން ރާވަމުންދާ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ބައެެއް ފަރާތްތަކުން އެކަމުގައި ޝާމިލުވާތީ، އެކަން އޮއްބަންވެގެން ކުރާ ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
"އެ ހަމަލާތަކުގައި ޝާމިލްވި ފަރާތްތަކަކީ ސަރުކާރުގެ އިދާރާތަކުގެ މީހުން ކަމަށްވާތީ، މިހާރު ސަރުކާރުން އެކަމުގެ ފަހަތުގައިވާ "މާސްޓަރމައިންޑު" އަކީ އެހެން ފަރާތެއް ކަމަށް ބުނެ ފްރޭމް ކުރުމަށް ރޭވުންތަކެއް ރާވާ." އެއްވެސް ހެއްކެއް ދިނުމެއް ނެތި ގަމަންޕިލާ ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ކުރީގެ ޗީފް އޮފް އިންޓެލިޖެންސް މަޖް. ގެން. ސުރޭޝް ސައްލޭ އާއި ކުރީގެ ރައީސް ގޮޓަބާޔާ ރާޖަޕަކްސައަށް އެ ހަމަލާތަކުގެ ތުހުމަތުތައް ކުރަން ފެށީ މި ސަބަބާ ހުރެ ކަމަށެވެ.
"އެމީހުންގެ މަގްސަދަކީ މި ބޮމުގެ ހަމަލާތަކަކީ ރިޔާސީ އިންތިހާބުގައި ރާޖަޕަކްސަ އަށް ކުރި ހޯދަދިނުމަށްޓަކައި ސްރީލަންކާގެ އިންޓެލިޖެންސް ސާވިސެސް އިން ކުރި ކަމެއް ކަން ސާބިތު ކުރުން" އޭނާ ވަނީ ބުނެފައެވެ.
އޭނާ ބުނެފައިވަނީ އިނގިރޭސިވިލާތުގެ ޗެނަލް އަކުން ލަންކާގެ އިންޓެލިޖެންސާ އެ ހަމަލާއާ ގުޅުވާ ލިޔުނު ހަބަރެއް ލަންކާގެ "ޕްރެޒިޑެންޝިއަލް އިންވެސްޓިގޭޝަން ކޮމިޓީ" އިން ތަހުގީގު ކުރުމަށްފަހު ދޮގު ކޮށްފައި ވީނަމަވެސް، އެ ރިޕޯޓަށް ބެލުމެއް ނެތި މިހާރުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގަމަންޕިލާ ވަނީ މިނޫނަސް އިތުރު ތުހުމަތުތަކެއް ލަންކާގެ ސަރުކާރަށް ރައްދުކޮށް ކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ސަރުކާރުން ކުރީގެ ރައީސް އާ ދެކޮޅަށް އުފައްދާ ކޭސްގެ ހެކިވެރިޔާ ކަމަށްވާ އަސަދު މައުލާނާ އަކީ ކްރިމިނަލް ރިކޯޑެއް އޮތް މީހެއް ކަމަށެވެ. އަދި މައުލާނާގެ މައްޗަށްވާ ގާނޫނީ މައްސަލަތައް ސިއްރު ކުރުމުގެ ތުހުމަތުވެސް ސަރުކާރަށް އޭނާ ވަނީ ކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ގަމަންޕިލާ ވަނީ ސަރުކާރަށް އަމާޒުކޮށް ސުވާލުތަކެއްވެސް ކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ މައުލާނާއަށް ގައުމު ދޫކޮށް ދިއުމުގެ ހުއްދަ ދެއްވި ސަބަބާއި، ފުލުހުންގެ ތަހުގީގުތަކަށް ނުފޫޒު ފޯރުވާފައިވޭތޯ އާއި، އީސްޓާ ހަމަލާތަކުގެ އަސްލު ފޮރުވާލަން އުޅުނު ކަމަށް ކުރާ ތުހުމަތުތަކަށް ސަރުކާރުން ޖަވާބުދާރީ ވާން ޖެހޭ ކަމަށެވެ.
2019 އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ލަންކާގެ އެކި ސަރަހައްދުތަކަށް ދިން (އީސްޓަރ) ޙަމަލާތަކުގައި 260 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހަމަލާއަކީ ސްރީލަންކާގެ ފަހުގެ ތާރީހުގައި ހިނގި އެންމެ ނުރައްކާތެެރި ޓެރަރިސްޓު ހަމަލާތަކެވެ.

ކިޔުންތެރިންގެ ހިޔާލު