ގިތެލަކީ އިންޑިއާގެ އެކިހަލަ ކެއުންތައް ތައްޔާރު ކުރުމުގައި އާއި ބޭސްވެރިކަމުގައި ޒަމާނުއްސުރެ ބޭނުން ކުރަމުން އައިސްފައިވާ އެއްޗެކެވެ. މިއީ ފައިދާހުރި އެތައް މއްދާތަކެއް ހިމެނޭ އެއްޗަކަށްވީއިރު އިސްތަށިގަނޑުގައި ގިތެޔޮ އުނގުޅުމަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން އިސްތަށި ދިގުކުރުމަށްތަކައި ކޮށް އުޅޭ ކަމެކެވެ. ނަމަވެސް ސުވާލަކީ މި ބޭނުން ކުރުމުން ހަގީގަތުގައިވެސް އިސްތަށިގަނޑު ދިގުވޭތޯއެވެ. ނުވަތަ ނޫންތޯއެވެ.
ގިތެޔޮ ލުމުން އިސްތަށި ދިގުވުމަށް އެހީވާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މިއީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް މިއީ ސައިންޓިފިކް ގޮތުން ސާބިތުވެފައިވާ ކަމެއް ނޫނެވެ. އެހެންނަމަވެސް، ގިތެޔޮ ލުމުން އިސްތަށްޓަށް ފައިދާތަކެއް ކުރާކަން މިހާތަނަށް ހޯދިފައިވާ ދިރާސާތަކުން ދައްކައެވެ.
ގިތެލުގައި ވިޓަމިން އޭ، ޑީ، އީ އަދި ކޭ އެކުލެވިގެންވެއެވެ. މީގެ އިތުރުން ގިތެލުގައި ލިނޯލެއިކް އެސިޑް އަދި ކޮންޖުގޭޓެޑް ލިނޯލެއިކް އެސިޑް ވެސް އެކުލެވިގެންވެއެވެ. މި ބާވަތްތަކަކީ އިސްތަށްޓަށް ވަރަށްވެސް ފައިދާހުރި ބާވަތްތަކެކެވެ.
އަދި ގިތެލުގައި އެކުލެވޭ ބިއުޓީރޭޓު އެސިޑަކީ އެންޓި އިންފްލެމޭޓަރީ ސިފަތަކެއް ލިބިފައިވާ މާއްދާއެއް ކަމުން މި ބޭނުން ކުރުމުން ބޮލުގެ ހަންގަނޑުގެ ސިއްހަތު ރަނގަޅު ވެއެވެ. އަދި އޭގެ ސަބަބުން އިސްތަށިތައް ބުރިވުން ހުއްޓުވަައިދީ އިސްތަށި ފެޅުމަށް އެހީވެއެެވެ.
ގިތެޔޮ ބޭނުން ކުރުމުން އިސްތަށި ދިގުވުމަށް ސީދާ އެހީތެރިވެދޭކަން ސާބިތުވެފައި ނެތްނަމަވެސް، މިއީ އިސްތަށި ދުޅަހެޔޮކަމާއެކު ބެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި އިސްތަށިގަނޑު ދުޅަހެޔޮވުމުން އޭގެ ސަބަބުން އިސްތަށި ދިގުވުމަށް މަގުފަހިވެއެވެ.
ގިތެޔޮ ލުމުގެ ބަދަލުގައި އިސްތަށި ދިގުކުރުމަށް އެހެން ގޮތްތައްވެސް އިހުތިޔާރު ކުރެވިދާނެއެވެ. އެގޮތުން ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ސްޓްރެސް ކުޑަކުރުމާއި، އިސްތަށިގަނޑު ސާފުތާހިރުކޮށް ރަނގަޅަށް ބެލެހެއްޓުމަކީ އިސްތަށިގަނޑު ދިގު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު