އަހަރުތަކެއް ފަހުން ޗައިނާގެ އޮންލައިން ވިޔަފާރި ކުންފުނި، ޝެއިންގެ ވިޔަފާރި އަވައްޓެރި އިންޑިއާގައި ތައާރަފުކުރަން ނިންމައިފިއެވެ.
އިންޑިއާގައި ޝެއިން ހިންގަން އަލުން ނިންމާފައި ވަނީ އެގައުމުގެ ވިޔަފާރި ކުންފުނި، ރިލައެންސް ރީޓެއިލުންނެވެ. އެގޮތުން އެގައުމުގައި ޝެއިން ހިންގަން ހަމަޖެހިފައި ވަނީ ރިލައެންސްއާ ގުޅިގެންނެވެ.
އިންޑިއާއަށް ނިސްބަތްވާ މަހުޖަން، އަމްބާނީގެ ރިލައެންސް ރީޓެއިލް އާ ހަވާލާދީ ނޫސްތަކުން ވަނީ އިންޑިއާގައި ޝެއިން އޮޕަރޭޓު ކުރުމުގެ ލައިސަންސް ލިބުމާއެކު އެ ކުންފުނީގެ އުފެއްދުންތައް އިންޑިއާގައި ވިއްކަން ފަށާނެ ކަމަށް ބުނެފައެވެ.
ޝެއިން އިން އަލުން އިންޑިއާގައި ވިޔަފާރި ފަށާނަމަ ހަރުކަށި ގަވާއިދުތަކެއް ހަދާނެ ކަމަށް އިންޑިއާގެ ވިޔަފާރިއާ ބެހޭ މިނިސްޓަރ، ރު ޕިޔޫޝް ގޯޔާލް މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަނީ ވިދާޅުވެފްއެވެ. އޭނާ ވިދާޅުވީ ޝެއިން ފަށައިފިނަމަ ވިޔަފާރީގެ ބޮޑު ފައިދާ އިންޑިއާއަށް ލިބޭނެ ގޮތް ހަދަން ނިންމާފައިވާކަމަށެވެ.
މީގެ ފަސް އަހަރު ކުރިން، 2020 ވަނަ އަހަރު އިންޑިއާއިން ވަނީ ޝެއިން މަނާކޮށްފައެވެ. އެގޮތުން އިންޑިއާގައި ޝެއިން މަނާކޮށްފައިވަނީ އެ ގައުމުން ޗައިނާއަށް ނިސްބަތްވާ އެޕްތައް ބްލޮކް ކުރުމުގެ ތެރޭގައެވެ. އެގޮތުން ޝެއިންއާއި ޓިކްޓޮކްވެސް އިންޑިއާއިން މަނާ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު