މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއާ ދިމާކޮށް އިދިކޮޅު އެމްޑީޕީން މަޖިލިސް ކުރާ ގެ ކައިރިއަށް އެއްވާން ނިންމައިފި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެމްޑީޕީން ބުނީ އެ ޕާޓީން މަޖިލިސް ދޮށަށް އެއްވަނީ ރިޔާސީ ބަޔާން އަޑުއެހުމަށް ކަމަށެވެ.
އަންނަ ބުރާސްފަތި ދުވަހު މަޖިލިސް ހުޅުވަން ނިންމާފައިވާއިރު ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރެއްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އަށް ރައީސްގެ ރިޔާސީ ބަޔާން އިއްވަވާނެ އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް، އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރާނެ ކަންކަމާ ގުޅޭ ތަފްސީލީ މައުލޫމާތު ރައީސް ހިއްސާ ކުރައްވާނެ އެވެ.
މަޖިލީހުގެ މިދިޔަ އަހަރުގެ ތިންވަނަ ދައުރަށް ހުށަހެޅި ކަންކަމުގެ ތެރެއިން 73 އިންސައްތަ މަސައްކަތް ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު