ލ. މާބައިދޫ ކައުންސިލްް މެންބަރެއްގެ ގޮތުގައި، ހުންނެވި ޙަސަން ޒަރީރު ކުއްލިގޮތަކަށް ނިޔާވެއްޖެއްޖެއެވެ.

މަައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ މިއަދު އެ ރަށު ޖޯއްޔެއްގައި އިންނަވަނިކޮށް މެޔަށް ތަދެއް އަރައިގެން ވެއްޓުމާ ގުޅިގެން އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.

ޙަސަން ޒަރީރަކީ ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ހޮވިވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދެވި ކައުންސިލަރެކެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 58 އަހަރެވެ.

ޙަސަން ޒަރީރު ނިޔާވުމާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވައި ހިތާމައިގައި ބައިވެރިވާކަމަށް ބުނެ ފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން