ކައިވެނި އަގުދުކޮށްދޭނެ ބަޔަކު ހޯދަން ފެމެލީ ކޯޓުން އިއުލާނުކޮށްފިއެވެ.
އެ ކޯޓުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކޮންޓްރެކްޓް އުސޫލުން، ކައިވެނި އަގުދުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ޝަރުއީ މަޢުޛޫނުން ބޭނުންވާކަމަށެވެ.
އެ މަސައްކަތަށް 12 މީހަކު ބޭނުންވާ ކަމަށާއި އެހެންކަމުން ކައިވެނި އަގުދުކޮށްދިނުމުގެ ހުއްދަ އޮތް ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ފެމެލީ ކޯޓުން ވަނީ އެދިފައެވެ.
އަގުދުކޮށްދޭ ކޮންމެ ކައިވެންޏަކަށް 250 ރުފިޔާގެ އެލަވަންސްއެއް ލިބޭނެކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 13 ފެބްރުއަރީ 2025 ގެ 13:30 ގެ ކުރިން އެ ކޯޓަށް ހުށަހެޅުމަށް އިިއުލާނުގައި ވަނީ ބުނެފައެވެ.
މިއީ ވަރަށް ކުރިއްސުރެ ފެމިލީ ކޯޓުން ކުރަމުންދާ ކަމެކެވެ. ކޮންމެ އަހަރަކު ވެސް މި ގޮތަށް 12 މައުޛޫނުން ނަގާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް ފާހަގަކުރެވޭ ގޮތުގައި ކޮންޓްރެކްޓް އުސޫލުން ރަސްމީ ގަޑީގައްޔާއި ނުރަސްމީ ގަޑީގެ އެކި ވަގުތުތަކުގައި އަދި ބައެއް ހާލަތްތަކުގައި އަދާކުރަމުންދާ ވަޒީފާތަކަށް ވެސް ދަތިވާ ގޮތަށް މައުޛޫނުން މަސައްކަތްކުރަންޖެހޭ އިރު މައުޛޫނުންނަށް ދެމުން އަންނަ އެލަވަންސަށް ބަދަލެއް އައިސްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު