މިފަހުން ގައުމުން ބޭރަށް ކުރެއްވި ދަތުރުތަކުގައި ލަންކާގެ ސަރުކާރުގެ ފަންޑުތައް ބޭނުން ނުކުރާކަމަށް އެގައުމުގެ އިންތިހާބީ ރައީސް އަނުރަ ކުމާރަ ދިސާނައިކަ ވިދާޅުވެއްޖެއެވެ.
ދިސާނައިކަ މިހެން ވިދާޅުވީ ދާދި ފަހުން ޗައިނާއަށާއި އިންޑިއާއަށް ކުރެއްވި ދަތުރު ތަކުގައި ސަރުކާރުގެ ފަންޑުތައް ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ ފެތުރެމުންދާ ހަބަރުތައް ދޮގު ކުރަމުންނެވެ.
އެގޮތުން ދިސާނައިކަ ވިދާޅުވީ ސަރުކާރުގެ ފަންޑުތައް ބޭނުން ކުރީ ހަމައެކަނި ޓިކެޓުތައް ހަމަޖެއްސެވުމުގައި ކަމަށާއި، އެނޫން އެއްވެސް ކަމެއްގައި ސަރުކާރުގެ އެއްވެސް ފައިސާއެއް ބޭނުން ކޮށްފައި ނުވާ ކަމަށެވެ.
އަދި އެ ދަތުރުތަކުގެ ޓިކެޓުތަކަށް ލަންކާގެ ރައީސް އޮފީހުން ދިން ފައިސާ އަނބުރާ ހަވާލު ކުރައްވާފައިވާ ކަމަށްވެސް ދިސާނައިކަ ވިދާޅުވިއެވެ.
ލަންކާގެ ރައީސް އިންޑިއާ އަދި ޗައިނާ އަށް މިފަހުން ދަތުރު ކުރައްވާފައިވަނީ އެގައުމުތަކާއެކު ގުޅުންތައް އިތުރަށް ބަދަހި ކުރުމަށްޓަކައެވެ. ލަންކާގެ ސަރުކާރުން ބޭނުންވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި ލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު