ސިނގިރޭޓު ބުއިން ހުއްޓާލާ- ގޫގުލް އިމޭޖެސް
ސިނގިރޭޓު ބުއިން ހުއްޓާލާ- ގޫގުލް އިމޭޖެސް
ކެންސަރު ބައްޔަކީ ދުނިޔޭގަައި އެންމެ ގިނައިން މީހުންގެ ފުރާނައަށް ނުރައްކާވާން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ނަމަވެސް، ކެންސަރުގެ ނުރައްކާ ކުޑަކުރުމަށް ތިބާއަށް އެޅިދާނެ ފިޔަވަޅުތަކެއް ވެއެވެ. އެގޮތުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނައުމާއިއެކު ރަނގަޅު އާދަތަކެއް އަށަގެނުވުމުން ކެންސަރުގެ ނުރައްކާ ކުޑަކުރެވިދާނެއެވެ.

ތިރީގައި މި ހިމަނާލަނީ ކެންސަރުގެ ރިސްކު ކުޑަކުރުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަން ޖެހޭ ބަދަލުތަކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން:

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކެންސަރު ޖެހުމަށް މެދުވެރިވާ އެންމެ މައިގަނޑު ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ. ދުންފަތުގެ އިސްތިއުމާލު ހުއްޓާލުމުން ކެންސަރުގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ.

ދުޅަހެޔޮ ކާނާ ކެއުން:

ފައިދާހުރި ކާނާގެ ބާވަތްތައް ކާނަމަ ވެސް ކެންސަރުގެ ރިސްކު ވަރަށް ބޮޑަށް ކުޑަ ވެއެވެ. އެގޮތުން ގިނަ އަދަދަކަށް ތަރުކާރީއާއި މޭވާ ހިމެނޭ ކާނާ އާއި، ފައިބާ ހިމެނޭ ކާނާގެ ބާވަތްތައް ކެއުމުގައި ހިމެނުމަކީ މުހިންމު ކަމެކެވެ. އަދި ޕްރޮސެސްކޮށްފައި ހުންނަ ކާނާއާއި ހަކުރުގެ ބާވަތްތައް ކެއުން މަދުކުރުމަކީވެސް މުހިންމު ކަމެކެވެ.

އިރުގެ ނުރައްކާތެރި ދޯދިތަކުން ރައްކާތެރިވުން:

އިރުގެ ނުރައްކާރިތެ ދޯދިތަކުގެ ސަބަބުން ހަމުގެ ކެންސަރު ޖެހުމަށް މެދުވެރިވެއެވެ. އެހެންކަމުން ކެންސަރުގެ ރިސްކު ކުޑަ ކުރަން ބޭނުންވާނަމަ އެސްޕީއެފް 30 ނުވަތަ އެއަށްވުރެ މަތީ ސަންސްކްރީނެއް ބޭނުންކުރުމާއި، އިރުގެ އަލިކަން ގަދަވާ ވަގުތުތަކުގައި ނިވާވެ ހުރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން