މާވެޔޮ މަގުގެ ކެފޭއެއްގައި ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީގައި ޒަހަމްވި ބަންގްލަދޭޝް މީހާ ވެންޓިލޭޓަރަށް ލައިގެން ފަރުވާދެމުންދާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުން ބުނީ އިއްޔެ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގައިގެން އަނިޔާވި ދެ މީހަކު އެ ހޮސްޕިޓަލަށް ފަރުވާއަށް ގެނައި ކަމަށެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށާއި އޭނާ އޮތީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ.
މިހާދިސާ އާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަ ދެވަނަ މީހާއަށް މިހާރުވެސް އެމަޖެންސީ ރޫމްގައި ބާއްވައިގެން ފަރުވާދެމުންދާކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އިއްޔެ މާލާގެ މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ބަދިގެ ތެރޭގައި ދެ މީހަކު މާރާމާރީ ހިންގަމުންދިޔަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިޔާގައި ވަނީ ދައުރުވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި މާރާމަރީ ހިންގާފައި ވަނީ ކެފޭގެ ބަދިގޭގައި މަސައްކަތް ކުރާ ބިދޭސީ ދެ މީހެއްގެ ދެމެދުގައެވެ.
މާލޭގެ ކެފޭއެއްގެ ތެރޭގައި މާރާމާރީއެއް ހިންގި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް އެ އިދާރާއިންވެސް ވަނީ ބުނެފައެވެ. އެގޮތުން ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ އިއްޔެ 12:10 ގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު