ދިވެހި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 3.5 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކުމަށް މާލީ ވުޒާރާއިން ހުޅުވާލައިފިއެވެ.

މާލީ ވުޒާރާއިން ހާމަކުރި ގޮތުގައި 28 ދުވަހުން އަނބުރާ ދެއްކުމަށް 925 މިލިއަން ރުފިޔާގެ ޓީ ބިލަކާއި، 98 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 630 ބިލިއަން ރުފިޔާގެ ޓީ ބިލެއް އަދި 182 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 915 މިލިއަން ރުފިޔާގެ ޓީ ބިލެއްގެ އިތުރުން 364 ދުވަހުގެ ތެރޭގައި އަނބުރާ ދެެއްކުމަށް އެއް ބިލިއަން ރުފިޔާގެ ޓީ ބިލެއް ވިއްކުމަށް ވަނީ އިއުލާންކޮށްފައެވެ.

ސަރުކާރުން ބުނީ މިފަހަރު ވިއްކުމަށް ހުޅުވާލި ޓީބިލްތަލުގެ އިންޓްރަސްޓް ރޭޓް އުޅޭނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައި ކަމަށެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް އާންމު ގޮތެއްގައި ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކްތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީ ބިލް ގަނެއެވެ.

ޓީ-ބިލަކީ، ދައުލަތުގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް އާމްދަނީ ހޯދުމުގެ ގޮތުން ވަކި އިންޓަރެސްޓް ރޭޓެއްގައި، ފަހުން އަނބުރާ ފައިސާ ދައްކަން ޖެހޭ ގޮތަށް މަރުކަޒީ ބޭންކުން ވިއްކާ މާލީ އިންސްޓްރޫމަންޓެކެވެ. ޓީ-ބިލް ވިއްކަނީ ދައުލަތުގެ އާމްދަނީން ހަރަދުތައް ދެކޮޅު ނުޖެހި ސަރުކާރު ހިންގުމަށް އިތުރަށް ފައިސާ ބޭނުންވުމުން، ފައިސާ ޗާޕު ނުކޮށް އެކަން ކުރެވޭނެ ގޮތް ހެދުމަށެވެ.

ޓީބިލާއި ޓީބޮންޑުގެ މައުލޫމާތު މީގެ ކުރިން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އާންމު ކުރަމުން ދިޔަ ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން ޓީބިލް ވިއްކައި ތަފާސް ހިސާބުތައް ބެލެހެއްޓުން ވަނީ މާލީ ވުޒާރާގެ ދަށަށް ބަދަލު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން