ރާއްޖޭގެ ހޮސްޕިޓަލަކުން ބަލިމީހެއްގެ އެކްސްރޭ ލީކުކުރި މައްސަލައިގައި ހޮސްޕިޓަލާމެދު ފިޔަވަޅު އަޅާނެ ކަމަށް ސިއްހީ ވުޒާރާއިން ބުނެފިއެވެ.

ބަލި މީހެއްގެ އެކްސްރޭ މީސް މީޑިއާއަށް ލީކުވި މައްސަލަ ސިއްހީ ވުޒާރާއިން ބަލަން ފަށާފައިވާއިރު މީސް މީޑިއާގައި އިއްޔެ ވަނީ މީހެއްގެ ހަށިގަނޑުގެ އެތެރޭގައި ބޮޑީ ސްޕްރޭ ފުޅިއެއް ތާށި ވެގެން ފަރުވާދީފައިވާ ކަމަށް ބުނެ ޕޯސްޓެއް ދައުރުވެފައެވެ. އަދި އެ ފުޅި ހަށިގަނޑުގެ ތެރޭގައި ވަނިކޮށް ނަގާފައިވާ އެކްސްރޭ އެއްވެސް އާންމުވެފައިވެއެވެ.

ސިއްހީ ވުޒާރާއިން ބުނީ ހޮސްޕިޓަލަކުން ބަލި މީހެއްގެ އެކްސްރޭ އެއް ލީކުވި މައްސަލަ ބަލަމުންދާ ކަމަށާއި އެ ހޮސްޕިޓަލަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މީސް މީޑިޔާގައި އިއްޔެ އާންމުވެފައިވާ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ބޮޑީ ސްޕްރޭ ފުޅި ތާށިވެގެން ފަރުވާއަށް ގެންދިޔައީ ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗް އަށް ކަމަށެވެ. އަދި ބޮޑީ ސްޕްރޭ ފުޅި ނެގުމަށް އޮޕަރޭޝަނެއް ވެސް ކުރަންޖެހިފައިވާ ކަމަށް ޕޯސްޓުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި ދައުރުވަމުންދިޔަ ފޮޓޯއާއި ގުޅިގެން އައިޖީއެމްއެޗުން ވަކި އެއްޗެއް ބުނެފައި ނުވާއިރު އެ ހޮސްޕިޓަލުން ވަނީ މި ހަބަރުވެސް ދޮގުކޮށްފައެވެ.

މި އެކްސްރޭ އަކީ ކޮން ހޮސްޕިޓަލަކުން ލީކުވެފައިވާ އެކްސްރޭ އެއް ކަމެއް ވުޒާރާއިންވެސް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން