ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއިން، މިއަދު އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައްދަލުވުމެއް ބާއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މި ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން، އަދި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިނުގަންނަވައެވެ.
ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންނާއެކު ޕީޖީ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ދިއްގަރު ދާއިރާގެ މެންބަރު، އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ. ނާޒިމްގެ އަރިހުގައި ކަނާތްފަރާތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޖީ ލީޑަރު އިބްރާހިމް ފަލާހް އިންނެވިއިރު ފަލާހާ ޖެހިގެން އިންނެވީ ޑެޕިއުޓީ ޕީޖީ ލީޑަރު، އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެެ. އަދި ވާތް ފަރާތުގައި އިންނެވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) އެވެ.
މަޖިލިސް ރައީސް އަބްދުއްރަހީމް މާލޭގައި ހުންނަވަނިކޮށް، މަޖިލީހުގައި ކުރިއަށްދިޔަ މި ޕީޖީ ބައްދަލުވުމުގެ ތެރެއިން، އަބްދުއްރަހީމް ނުފެނުމުން ގިނަ ބަޔަކު ގެންދަނީ އެކަމާއި ސުވާލު އުފައްދަމުންނެވެ.
ޕީއެންސީގެ ޕީޖީ ބައްދަލުވުމުގައި އަބުދުއްރަޙީމް ބައިވެރިވެވަޑައިގެންފައި ނުވާއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒާ ދެމެދު މައްސަލަ ޖެހި، ދެބޭފުޅުންގެ ގުޅުން ވަނީ ގޯސްވެފައެވެ. އަބުދުއްރަޙީމް އާއި ރައީސް މުޢިއްޒާއި ދެބޭފުޅުންގެ ގުޅުން ގޯސްވެފައިވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަގާމުން ވަކިކުރި ފަހުން ކަން ފާހަގަކުރެވެއެވެ.
އޭގެފަހުން އަބްދުއްރަހީމްގެ ދަނބިދަރިކަލުން، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ހިޝާމް ވަޖީހުގެ ބައްޕަ، މުހައްމަދު ވަޖީހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުކަމުން ވެސް ވަނީ ވަކިކޮށްފައެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައްދަލުވުމެއް ބާއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު މާދަމާ ރިޔާސީ ބަޔާން އިއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު