ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް އަދާހަމަކޮށް އަލުން އިއުލާނު ކޮށްފި އެވެ.
މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 2010 ވަނަ އަހަރު، އޭރުގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު އިޢުލާން ކުރެއްވި ފަހުން، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތައް އަދާހަމަ ކުރި ފުރަތަމަ ފަހަރު ކަން ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު އިޢުލާން ކުރައްވައި ގެޒެޓު ކުރިމެއްވި ލިސްޓުގައި، މީހުން ދިރިއުޅޭ ރަށްތަކަށް ބަދަލު ގެންނަވާފައެއް ނުވެއެވެ. އެހެން ނަމަވެސް މީގެ ކުރީގެ ވެރިކަންތަކުގައި ގެނެސްފައި ހުރި ބައެއް ބަދަލުތަކާ އެއްގޮތަށް މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތައް އެމަނިކުފާނު ވަނީ އަދާހަމަ ކުރައްވާފައެވެ.
އެގޮތުން 2004 ގައި ސުނާމީއާ ގުޅިގެން ފަޅުވި ދ. ވާނީއާއި ކުރިން މީހުން ދިރިއުޅުނު ޅ. ފެލިވަރު ރައީސް މުއިއްޒު ވަނީ މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން އުނި ކުރައްވައިފަ އެވެ. އަދި، މީހުން ދިރިިއުޅޭ ރަށްތަކުގެ ލިސްޓުން ލ. ގާދޫ އުނިކުރައްވައި ލ. ކަލައިދޫ ވަނީ އެ ލިސްޓަށް އިތުރު ކުރައްވާފައެވެ.
މިއަދު ގެޒެޓު ކުރި ލިސްޓުގައި ރައީސް މުޢިއްޒު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކަށް ކިޔާ ދިވެހި ނަންތަކާއި އެ ނަންތައް އިނގިރޭސިން ލިޔާނެ ގޮތުގެ އިތުރުން އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ ކޯޑުތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔާނެ ގޮތް ކަނޑައަޅުއްވައި، އާންމުކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު