ޒަހީނުއްދީން ސަޢީދު   5 ފެބްރުއަރީ 2025 - 23:12
މާލޭގެ ގެއެެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހ. ކުއްޅަވަށްދޮށުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ޙާދިސާގައި ރޯވެފައިވަނީ ހ. ކުއްޅަވައްދޮށުގޭގެ 3 ވަނަ ފަންގިފިލާގައެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމުގެ މަޢުލޫމާތެއް ލިބިފައެއްނުވެއެވެ. އެމްއެންޑީއެފުން ބުނީ އެ ގޭގައި ރޯވި އަލިފާންގަނޑު މިހާރު ނިންވާލާފައިވާކަމަށެވެ. އެހެންނަމަވެސް އަދިވެސް ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު އެ ސަރަޙައްދުގައި ހުރުމުން ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން