ވަޡީފާގައި ދިމާވި ކަމެއްގެ ސަބަބުން ސްޓްރެސް ވެފައި- ގޫގުލް އިމޭޖެސް
ވަޡީފާގައި ދިމާވި ކަމެއްގެ ސަބަބުން ސްޓްރެސް ވެފައި- ގޫގުލް އިމޭޖެސް
ކޮންމެ މަސައްކަތުގެ މާހައުލެއްގައިވެސް އެކިކަހަލަ މިޒާޖުގެ މީހުން އުޅޭނެއެވެ. މިހެންވެ، ބައެއް ފަހަރު މަސައްކަތުގެ މާހައުލުގައި މައްސަލަތައް ބޮޑުވެ ވަރަށް "ޓޮކްސިކު" މާހައުލަކަށްވެސް ވެއެވެ.

މިފަހަރު މި ހިމަނާލަނީ މަސައްކަތުގެ މާހައުލު "ޓޮކްސިކު" ނަމަ ކޮށްގެން ނުވާނެ ބައެއް ކަންތަކެވެ.

އެހެން މީހުންގެ ނޭދެވޭ ވާހަކަތަކުގައި ބައިވެެރިވުން

ޓޮކްސިކު މަސައްކަތުގެ މާހައުލެއްގައި އެހެން މީހުންގެ ކިބައިގައި ހުންނަ ނޭދެވޭ ކަންކަމުގެ ވާހަކަތައް ވަރަށް ބޮޑަށް ދެކެވޭނެއެވެ. އަދި މިފަދަ ވާހަކަތަކުގައި ބައިވެރިވުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ނަމަވެސް މިކަމުގެ ސަބަބުން ތިބާގެ ޕްރޮފެޝަނަލް އިމޭޖަށް ގެއްލުން ލިބި، އޭގެ ސަބަބުން މައްސަލަތަކެއް ކުރިމަތިވެދާނެއެވެ. ވީމާ މިފަދަ ކަންކަމާ ދުރުހެކި ވުމަކީ މުހިންމު ކަމެކެވެ.

މީހުންނަށް މާބޮޑަށް އިތުބާރު ކުރުން

ޓޮކްސިކު މަސައްކަތުގެ މާހައުލެއްގައި މީހުންނަށް އެހާ ފަސޭހައިން އިތުބާރު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ އެކަހަލަ މާހައުލެއްގައި ތަފާތު އެކިކަހަލަ މީހުން އުޅޭތީއެވެ. އަދި އޭގެ ތެރޭގައި އަޑި ނުބައި މީހުންވެސް އުޅޭނެތީއެވެ. ވީމާ މީހުންނަށް މާ ބޮޑަށް ބަރޯސާ ކޮށް ވާހަކަތައް ހިއްސާ ކުރުމާ ދުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ނުވިސްނައި ބަސް ބުނުން

ޓޮކްސިކު މާހައުލެއްގައި މަސައްކަތް ކުރާނަމަ ވަރަށް ވިސްނައިގެން ބަސް ބުނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ އެހެންނޫންނަމަ ތިބާއަަށް ބުނެވޭ ބައެއް އެއްޗެހި، ތިބާއާއި ދެކޮޅަށް މީހުން ބޭނުން ކޮށްފާނެތީއެވެ. މިހެން ވެއްޖެނަމަ މަސައްކަތުގެ މާހައުލުގައި ތިބާގެ އަގު ވެއްޓޭނެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން