މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖުލީހުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅުމުން އިދިކޮޅު ގިނަ މެމްބަރުން ތަކެއްގެ އިއްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެށުމަށް މިއަދު ކުރިއަށްގެންދާ ޖަލްސާގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖު ކުރަން ފަށާފައެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އިހުތިޖާޖާއި ގުޅިގެން ޖަލްސާ މެދުކަނޑާލިއިރުވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދެވީ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ޖަލްސާ މެދުކަނޑާލުމުގެ ކުރިން މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ވަނީ އިހުތިޖާޖްކުރި އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ނަން އިއްވާފައެވެ. އަދި އެ މެމްބަރުން މަޖިލީހުގެ ތަޅުން ދޫކޮށް ނިކުމެވަޑައިގަތުމަށް އަބުދުއްރަޙީމް އެންގެވިއެވެ.
ޖަލްސާ ކުރިއަށް ގެންދާނީ އެމެމްބަރުން ނިކުމެވަޑައިގަތުމުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ވަނީ ޖަލްސާ މެދުކަނޑާލާފައެވެ.
ޖަލްސާ މެދުކަނޑާލިފަހުން އިދިކޮޅު މެމްބަރުން ނުކުމެވަޑައިގަތުމުން ރައީސް މިހާރު ވަނީ ރިޔާސީ ބަޔާން ފައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު