އަންހެނުންނާ ގުޅޭ ސާޖަރީތައް ކުރާއިރު އެންމެ ޒަމާނީ ޓެކްނީކްތަކުގެ ބޭނުން ހިފަން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަންހެނުންނަށް ޚާއްސަ ބަލިތަތަކަށް އަމާޒުކޮށްގެން ކުރާ ސަރޖަރީތަކާ ގުޅޭގޮތުން ކުރިއަށްގެންދިޔަ "ހިޔަލަ ސަރޖިކަލް ވަރކްޝޮޕް 2025" ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ ރާއްޖޭގައި އަހަރަކު އެވްރެޖުކޮށް ސީދާ އަންހެނުންނާ ގުޅޭ ބަލިތަކާ ގުޅިގެން 4000އެއްހާ ސާޖަރީ ހަދާ ކަމަށެވެ.
އަދި މިއީ ރާއްޖެ ފަދަ އާބާދީ ކުޑަ ގައުމަކާ އަޅާ ބަލާއިރު ބޮޑު އަދަދެއް ކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ. ހަމަ އެހެންމެ ފިރިހެނުންނާ އަޅާ ބަލާއިރު ވެސް ސާޖަރީތައް ހަދާ އަންހެނުންގެ އަދަދު އިތުުރުކަން ސާޖިދާ ފާހަގަކުރެއްވި އެވެ.
"އެހެންވެ މީގެން ވެސް އަންހެނުންގެ ސާޖަރީތަކަށް ހާއްސަކޮށް އެންމެ ޒަމާނީ ޓެކްނީކްތައް ބޭނުންކުރަން ޖެހޭކަން ހާމަވޭ،" ސާޖިދާ ވިދާޅުވި އެވެ.
އަދި އެއިން ލިބޭ ފައިދާާއަކީ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ނަތީޖާ ނެރެދިނުން އެކަނި ނޫން ކަމަށާއި އަދި އެއާއެކު އަންހެނުން ބާރުވެރިކުރެވި އަންހެނުންނަށް އާއިލާތަކާއި ގައުމަށާއި މުޖުތަމައުއަށް ހިދުމަތް ކުރުމަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދެވިގެންދާނެ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު