އަޒުމަކީ މިނިވަންކަމަށް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދަޅުވީ މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ޚިމާޔަތްކޮށްދިނުމަކީ އެމަނިކުފާނު ގެ ވަޢުދެއް ކަމަށެވެ. އެގޮތުން މި ލޮބުވެތި ޤައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމަކީ އަމާޒެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އެތައް ހާސް އަހަރެއްވި ޤައުމީ ހަޔާތުގައި އޮތް އެންމެ ބޮޑު އަމާނަތަކީ ދިވެހި ދައުލަތުގެ ސިޔާދަތުކަމަށެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާންވާނީ ދިވެހި ދައުލަތުގެ ސިޔާދަތީ މިނިވަންކަމަށް ބުރޫ ނާރާނޭގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ރާއްޖެއަށް ކުރިއެރުން ލިބޭ ޤައުމުތަކާއެކު ގުޅުން ބަދަހިކުރުންކަމަށާއި އަމަންއަމާންކަމަކީ ދައުލަތުން އެންމެ އިސްކަންދޭކަންކަމަށެވެ. އަދި، އަވަށްޓެރި ޤައުމުތަކަކީ ދިވެހިރާއްޖެއިން އިސްކަންދޭ ޤައުމުތަށް ކަމަށާއި ބައިނަލްއަޤްވާމީ ޞުލްޙައާއި، އަމާންކަމާއި ދިވެހި ޤައުމުގެ ކުރިއެރުމަށް މަގުފަހިވާ ގޮތަށް، ދެން ހުރި ޤައުމުތަކާއެކު ވެސް ގުޅިގެން ދައުލަތުން މަސައްކަތްކުރާނޭ ކަމުގެ ޔަޤީންކަން ރައީސް ވަނީ އަރުއްވާފައެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ދިވެހި މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް ވޭތުވެދިޔަ އަހަރު ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ކަނޑާ އެއްގަމާ ވައިގެ ގޮތުން ވެސް އަމިއްލަ ޤައުމު އަމިއްލައަށް ދިފާޢުކުރެވޭނެވަރުގެ ޤާބިލުކަން އުފެއްދުމުގެ ގޮތުން، ކޯސްޓްގާޑްގެ ސްޕެޝަލް އޮޕަރޭޝަންތަކަށް 'ސްޕެޝަލް ބޯޓް ސްކޮޑްރަން' 03 ނޮވެންބަރު 2024 ގައި އުފެއްދުމާއި ކޯސްޓްގާޑްގެ ސްޕެޝަލް އޮޕަރޭޝަންތަކަށް 'ސްޕެޝަލް ބޯޓް ސްކޮޑްރަން' 03 ނޮވެންބަރު 2024 ގައި ތަޢާރަފްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހި ފުލުހުންނާއި ސިފައިންގެ ޤާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން، ދެއިދާރާއަށް ބޭނުންވާ ފަންނީ އަދި ތަޢުލީމީ އަދި ވަޞީލަތްތައް އިތުރުކުރުމުގެ ގިނަ މަސައްކަތްތައް މިހާތަނަށް ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، 17 ނޮވެންބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް 27 ރަށުގައި ޕޮލިސް ސްޓޭޝަން ހުޅުވިފައިވާ ކަމަށާއި މިއަހަރުގެ އަމާޒަކީ ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިނުވާ 39 ރަށުގައި ޚިދުމަތް ފެށުންކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، 20 ރަށެއްގައި ޤާއިމުކުރެވިފައިވާ ފުލުހުންގެ ޚިދުމަތްދޭ ވަގުތީ ތަންތަނުގެ ބަދަލުގައި، ފުރިހަމަ ދާއިމީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ދެގުނަކޮށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި ކޯސްޓްގާޑުގެ އިތުރު މަރުކަޒުތައް ޤާއިމް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ވެސް ހަލުވި ދުވެލީގައި ކުރެވެމުން ދާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް އެއަރ ސްޓޭޝަން ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، މިއަހަރުގެ ތެރޭގައި އެމް.އެން.ޑީ.އެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށާއި، ގިރިފުށީ ޓްރެއިނިންގ މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރައްވާނެކަމުގެ ޔަގީން ކަން ރައީސް ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު