މިއަހަރު ރާއްޖޭގެ އިގްތިޞާދު 6.4 އިންސައްތަ ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިދިޔަ އަހަރަށްވުރެ މިއަހަރު އިޤްތިސާދީ ދުވެލި ހަލުވި ވާނެ ކަމަށެވެ. އެގޮތުން މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 6.4 އިންސައްތަ ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށެވެ. އަދި މިއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އުންމީދީ އަންދާޒާއަކީ އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ މި އަހަރުގެ އަމާޒަކީ ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކޮށް ގައުމަށް ދިމާވެފައިވާ މާލީ މައްސަލަތަކަށް ހައްލު ހޯދުން ކަމަށެވެ. އެގޮތުން ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު، އަމާޒަކީ މި އަހަރު ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް، ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކުރުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"އަމާޒަކީ މި އަހަރު އާމްދަނީ އިތުރުކޮށް ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާ އަށް ކުޑަކުރުން،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު