އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު ގައި ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މި ހިނގާ 2025 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް ގެނައުމާއެކު ޔޫރަޕުގެ ބައެއް މަންޒިލްތަކަށް، ޤައުމީ އެއަރލައިންގައި ސީދާ ދަތުރުތައް ރާއްޖޭން ފަށާނެ ކަމަށެވެ.
މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ މިއަހަރު ގިނަ އެއަރޕޯޓްތަކެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ. އޭގެތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލް މިއަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރަށްވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އޭގެއިތުރުން ހަނިމާދޫ އެއަރޕޯޓާއި، އައްޑޫ ގަން އެއަރޕޯޓް މިއަހަރު ހުޅުވުމާއި، މ މުލީ އެއަރޕޯޓް އެޕްރީލް މަހު ހުޅުވުމަށް މަސައްކަތްދަނީ ކުރެވެމުން ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު ވައުދުވެފައިވާ ފަދައިން، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ، ލ. ކައްދޫ އެއަރޕޯޓްގެ މަސައްކަތް މިއަހަރު އެކި މަރުހަލާގައި ކުރިއަށްދާނެ. މީގެ އިތުރަށް ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއާޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް އަޅުގަނޑު ވަޢުދުވެފައިވާގޮތަށް މަސައްކަތްތައް މިއަހަރު ފެށިގެންދާނެ.” ރައީސް މިއަދު ވިދާޅުވިއެވެ.
އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު ގައި ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާއިރު މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނެސްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު