ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިއަހަރު 1000 އަށްވުރެ ގިނަ ތަރައްޤީގެ މަޝްރޫޢު ކުރިއަށްގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިއަހަރު 1000 އަށްވުރެ ގިނަ ތަރައްޤީގެ މަޝްރޫޢު ކުރިއަށްގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި މިހާރު ހުއްޓިފައިވާ މަޝްރޫޢުތަކާއި، ހިންގަމުންދާ މަޝްރޫޢުތަކުގެ އިތުރުން މުޅިން އަލަށް ފަށާ މަޝްރޫޢުތައް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިއަހަރަކީ ޢަމަލީ މަސައްކަތުގެ އަހަރުކަމަށެވެ. އަދި ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ޤައުމީ މޫސުމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވިއިރު ހުއްޓިފައިވާ އެތައް މަޝްރޫޢެއް ހުރިކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން އިންތިޚާބާއި ދިމާކޮށް އެއްވެސް ބަޖެޓެއް އަދި ޕްލޭނެއް ނެތި ކޮންޓްރެކްޓްކޮށްގެން، އެއްގޮތަކަށްވެސް މަސައްކަތް ނުފެށިހުރި މަޝްރޫޢުތައް ހުރިކަން ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މިހާރުވެސް ހިންގަމުންދާ މަޝްރޫޢުތައް ކުރިއަށްގެންދިޔުމާއެކު، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެއްޓެވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ފެނާއި ނަރުދަމާއާއި، ސްކޫލް ޢިމާރާތްތަކާއި، ސިއްޙީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ތަންތަން ތަރައްޤީކުރުމުގެ އެތައް މަޝްރޫޢެއް މިމަހާއި އަދި މާރިޗު މަހުގެ ތެރޭގައި ފެށޭނެކަން ހާމަކުރަށްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ 1000 އަށްވުރެ ގިނަ މަޝްރޫޢެއްގެ މަސައްކަތް މިއަހަރު ކުރިއަށްގެންދަވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"އަލަށްފަށާ މަޝްރޫޢުތަކާއެކު، ޖުމްލަ 1043 މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ކުރިއަށްދާނެ." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު