މި އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެއްވޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވައި، ޤައުމާ މުޚާޠަބުކުރައްވައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މި އަހަރުގެ ރިޔާސީ ބަޔާނުގައި، އިޤްތިޞާދީ ރޮނގުން ފުޅާ ދާއިރާއެއްގައި އެ މަނިކުފާނު ވަނީ ވާހަކަފުޅުދައްކަވާފައެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ 2025ވަނަ އަހަރު ރާއްޖޭގެ އިޤުތިޞާދު 6.4 އިންސައްތައިން ކުރިއަރާނެ ކަމަށް އަންދާޒާކުރެއްވޭ ކަމަށެވެ. މީގެއިތުރުން ނިމިދިޔަ 2024 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ރަސްމީ ރިޒަރވް އިތުރުވި އަހަރެއް ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ. 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށާއި، މިއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒަރވްގައި ހުރި މިންވަރަށް ވުރެ 14 އިންސައްތަ އިތުރު އަދަދެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، 2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފަށައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފަށައިގެން ދިވެހި ވިޔަފާރިވެރީން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރައްވާނެ ކަމަށެވެ.
އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމާއި، 2026ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.ހަމަ މިއާއެކު 45 އަހަރަށްފަހު ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް މި ދިޔަ އަހަރު ގެނެވުނު ބަދަލާއެކު ދިވެހިރާއްޖެއަކީ، އިންވެސްޓަރުންގެ މެދުގައި ވާދަވެރި އަދި ޝައުޤުވެރި މަންޒިލަކަށް ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.ރައީސް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި މިދިޔަ އަހަރުގެ ތެރޭގައި، 374 ވިޔަފާރިއަކަށް ޖުމްލަ 198 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވި، ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ދެއްކުމަށް ލުއި ތަކެއް ފޯރުކޮށްދެވިފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ޤައުމަށް ލިބޭ އާމްދަނީއާއި ދައުލަތުގެ ބަޖެޓަށްވެސް ތަފްސީލީ ގޮތެއްގައި ބައްލަވައިލައްވާފައެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރައްވަން އަޅުއްވާފައިވާ ފިޔަވަޅުތައް ތަންފީޒުކުރައްވަމުން ގެންދެވުމުގެ ފައިދާތައް، މިހާރުވެސް ފެންނަމުން ދާ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އެ ގޮތުން، 2025 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުގެ އާމްދަނީ އިތުރުވަމުންދިޔަ ނަމަވެސް، މާލިއްޔާއަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަ ހުރި ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ލިބޭ އާމްދަނީއަށްވުރެ އިތުރަށް ދައުލަތުގެ ޚަރަދުތައް މާ ބޮޑުކޮށް ހިންގުމަކީ ސަގާފަތެއްކަމަށް ހަދައި، ނިޒާމީ ގޮތުން ތަރުތީބުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނަވަން ބޭނުންފުޅުވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެން ކަމުން، ޚަރަދު ކުޑަކުރުމަށް އަޅުއްވަމުންދާ ފިޔަވަޅުތަކާއެކު، އަމާޒަކީ މި އަހަރު، ބޮޑުތަނުން ޑެފިސިޓް ކުޑަކޮށް، ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކުރުން ކަމުގައިވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު