މަގުމައްޗަށް ނުކުމެ ގައުމު ހަލަބޮލިކޮށް ނުލާ ކަންކަން ރަނގަޅުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފުރުސަތު ދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިދިކޮޅު އެމްޑީޕީއަށް މިއަދު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖެއިން ދައްކަންޖެހޭ ލޯނުތަކާއި އެހެނިހެން ކަންކަމަށް ފައިސާ ހޯދަންޖެހޭއިރު ގައުމުގެ މަސްލަހަތު ނަގާލުމުން ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އެހީ ނުލިބޭނެކަމަށެވެ. ގާސިމް ވިދާޅުވީ ހިޔާނާތުގެ މައްސަލަތަކުގައި ކޮންމެ ބޭފުޅަކަށް ވިޔަސް ކެރިވަޑައިގެން ރައީސް މުއިއްޒު ފިޔަވަޅު އަޅުއްވަމުން ގެންދަވާކަމަށެވެ. އެހެންކަމުން މަގުމައްޗަށް ނުކުމެ ހަލަބޮލިކޮށްނުލާ ކަންކަން ރަނގަޅުކުރަން ރައީސަށް ފުރުސަތު ދިނުމަށް ގާސިމް ގޮވާލެއްވިއެވެ.
"އެހެންވީމާ ވިސްނުންތެރިކަމާއެކު އަޅުގަނޑުމެންގެ ޤައުމު އަމާނަތްތެރިކަމާއެކު އޮވެގެން ދެން އޮންނަ އިންތިހާބަކާއި ހަމަޔަށް އަންނައިރު ވެސް ކެތްކޮށްގެން ކެތްތެރިވާށޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ގޮތުން ބާރުވެރިކަން ހޯދަން ބޭނުންވިޔަސް ގައުމުގެ ރައްޔިތުންނާއި ގައުމު ހަލާކުވާނެ ދަރަޖައަށް މީގެ ކުރީގައި މަގުމައްޗަށް ނިކުމެ ހަޅޭފަޅޭ ލަވައި ހެދުމަކީ ރަނގަޅުކަމެއް ނޫން އެއްގޮތަކަށް ވެސް." ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ޤާސިމް ވަނީ ދެން އޮންނަ ރިޔާސާ އިންތިހާބާއި ހަމައަށް ކެތްރިކަމާއި އެކު މަޑުކުރުން އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ. އަދި މިއަދު ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާނާއި ދިމާކޮށް އެމްޑީޕީން ކުރިޔަށް ގެންދިޔަ އިހްތިޖާޖަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ހަޑި މުޑުދާރު ކަމެއް ނަމަ އެކަމެއް އަބަދުވެސް ފަށާ ބަޔަކީ އެމްޑީޕީ ކަމަށެވެ.
"ކޮންމެ ސަރުކާރެއް އޮންނަ ކޮންމެ ބޭފުޅަކު ވެރިކަމަށް އައީމަވެސް ހަމަ އެ ހަޅޭލަވާ. އެކަންވެސް ފެށީ ކޮން ބައެއް އެމްޑީޕީ. ކޮންމެ ކަމެއްވެސް މި ފަށަނީ އެމްޑީޕީ. ހަޑިމުޑުދާރުވެގެން ވީކަމެއް ވިއްޔާ އެމްޑީޕީން ނޫން ބަޔަކު ނުފަށާ." ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު