ޅ. ނައިފަރުގެ އިމާރާތެއްގެ ފާރެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އެ ރަށަށް ކުރި ވިއްސާރައިގައި ބާރު ވައިޖެހި ވަނީ އެ ރަށުގައި ހަދަމުންދިޔަ އިމާރާތެއްގެ ފާރެއް ކައިރީގައިހުރި މީހުން ދިރިއުޅޭ ގެއެއްގެ މައްޗަށް ވެއްޓިފައެވެ.
ނެޝަނަލް ޑިޒަރސްޓަރ މެނޭޖުމަންޓުން ބުނީ ގަދަވައިގެ ސަބަބުން، ހަދަން ފަށާފައިވާ އިމާރާތެއްގެ ފާރެއް ވެއްޓި، ޅ. ނައިފަރު ވެލްކަމްގޭޓް ގޭގެ އެއްކޮޓަރި ދިރިނޫޅޭވޭ ވަރަށް ހަލާކުވެފައިވާތީ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ރަށު ކައުންސިލާއި އެ އޮތޯރިޓީއާ ގުޅިގެން ކުރިއަށް ގެންދާކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު